- Advertisement -spot_img

ހުޅުލެއާ ދިމާ ބޭރުން މިރޭ ހަވާ އަރުވަނީ

ހުޅުލެއާ ދިމާ ބޭރުން މިރޭ ހަވާ އެރުވުމަށް ނިންމާފައިވާކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑިއެފް) އިން ބުނެފިއެވެ.

އެމްއެންޑީއެފް އިން ބުނީ، ވިޔަފާރީގެ އުސޫލުން ދޭ މި ހިދުމަތުގެ ދަށުން ހަވާ އަރުވާނީ، ހުޅުލޭ އައިލެންޑް ހޮޓެލްއާ ދިމާ ބޭރުން މިރޭ 20:30 ގައި ކަމަށެވެ. އަދި ހަވާ އެރުވުން ކުރިއަށްދާނީ ގާތްގަނޑަކަށް 3 މިނެޓެއް ހާއިރު ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.

އެމްއެންޑީއެފްއިން އަމިއްލަ ފަރާތްތަކުން ބާއްވާ ތަފާތު އެކި ޙަފްލާތަކުގައި މާލެއާއި ބައެއް ރަށްރަށުގައިވެސް ދޭތެރެ ދޭތެރެއިން ހަވާ އަރުވައިދެއެވެ.

މިރޭ ހުޅުލޭ ބޭރުގައި ހަވާ އަރުވަން ހަމަޖެހިފައިވާއިރު، މިނިވަން ދުވަހުގެ ކުޅިވަރުތަކުގެ ތެރެއިން މިދިޔަ ހޯމަ ދުވަހުގެ ރޭ ވެސް މާލެ ސަރަހައްދުގައި ވަނީ ހަވާ އަރުވާފައެވެ.

ގުޅުންހުރި ލިޔުންތައް