- Advertisement -spot_img

އައިރީނާގެ ދާއިމީ މަންދޫބަކަށް ތާރިޤް އައްޔަނުކުރަނީ

 ދިވެހިރާއްޖެ އިން އިންޓަނޭޝަނަލް ރިނިއުބަލް އެނަރޖީ އެޖެންސީ، އައިރީނާއަށް ކަނޑައަޅުއްވާ ދާއިމީ މަންދޫބަކަށް ތާރިގް އިބްރާހިމް އައްޔަން ކުރައްވަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

އައިރީނާއަށް ކަނޑައަޅުއްވާ ދާއިމީ މަންދޫބަކަށް ތާރިގް އައްޔަން ކުރެއްވުމަށް ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ރައްޔިތުންގެ މަޖިލީހަށް އެމަނިކުފާނުގެ ނަންފުޅު ފޮނުއްވާފަ އެވެ. ތާރިގް އެ މަގާމަށް އައްޔަން ކުރުމަށް ޝަރުތު ހަމަވޭތޯ ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުން ވަނީ ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވާފައެވެ.

ތާރީގު މިވަގުތު ހުންނެވީ ރާއްޖޭން އެކުވެރި އަރަބި އިމާރާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމުގަ އެވެ. ތާރީގު ވަނީ ތިމާވެއްޓާއި ހަކަތައާބެހޭ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރައްވަވާފަ އެވެ. އަދި މިސަރުކާރުގެ ތިމާވެއްޓާ ބެހޭ ވަޒީރުކަން ވެސް އޭނާ ފުރުއްވަވާފައިވެއެވެ.

އަރީނާ އަކީ އިޔާދަކުރަނިވި ހަކަތަޔާއި ބެހޭ ބައިނަލްއަގްވާމީ ޖަމިއްޔާ އެވެ. އައިރީނާ އުފައްދާފައި ވަނީ 2009 ވަނަ އަހަރުގެ ތެރޭގަ އެވެ. ފެށުނީއްސުރެ ރާއްޖެއަކީ އެ ޖަމިއްޔާގެ މެންބަރު ގައުމެކެވެ. ޔޫރަޕިއަން ޔޫނިއަންއާ އެކު، އެ ޖަމިއްޔާގެ މެމްބަރު ގައުމުތަކުގެ އަދަދު 169 އަށް އަރައެވެ.

ގުޅުންހުރި ލިޔުންތައް