އާދިއްތަ, ޑިސެމްބަރ 7, 2025
spot_img
- Advertisement -spot_img

ރައީސްގެ ދުޢައަކީ ހުރިހާ ރައްޔިތުންނަށް ލައިލަތުލްޤަދްރިވިލޭރޭގެ ދަރުމަ އާއި ޘަވާބު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު, ބަރަކާތްތެރި ރަމަޟާން މަހުގެ ފަހު ދިހައިގެ ހެޔޮ ދުޢާއާއި ތަޙްނިޔާ ރާއްޖޭގެ އެންމެހައި ރައްޔިތުންނަށް އަރިސްކުރައްވައިފިއެވެ.

ރައީސް އެސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، މި ބަރަކާތްތެރި ރޭތަކުގެ ހެޔޮ ދަރުމައާއި ޘަވާބު ދިވެހި ރައްޔިތުންނަށް ދެއްވުމަށާއި، ފާފަ ފުއްސެވުމާއި ދިންނެވުން ދެއްވުން އެދިވަޑައިގެން ދުޢާ ދަންނަވާފައެވެ.

މީގެއިތުރުން، ރައީސް ވަނީ މި މައްސަރުގައި ލައްވާފައިވާ ބަރަކާތްތެރި ލައިލަތުލް ޤަދުރި ވިލޭރޭގެ މަތިވެރި ނިޢުމަތް ދިވެހި އެންމެހައި ރައްޔިތުންނަށް މިންވަރުކުރެއްވުން އެދި ދުޢާކުރުއްވާފައެވެ.

ރަމަޟާން މަހުގެ ފަހު ދިހައިގެ މުހިންމުކަން ފާހަގަކުރައްވައި، ރައީސް ވަނީ ސަރުކާރުގެ މުވައްޒަފުންނަށް ފަހު ދިހައިގެ ބަރަކާތް ލިބިގަތުމަށް ފަސޭހަވާނެހެން، މި ދުވަސްތައް ބަންދު ދުވަސްތަކެއްގެ ގޮތުގައި ހަމަޖައްސަވާފައެވެ.

ގުޅުންހުރި ލިޔުންތައް