ސްޓްރޭޓް އޮފް ހޮރްމުޒް ބަންދުކޮށްފައިވާ ކަމަށާއި އެއްވެސް ބޯޓަކަށް ނުވަތަ ދޯންޏަކަށް އެ މަގުން ދަތުރު ކުރުމުގެ ހުއްދައެއް ނެތްކަަމަށް އައިއާރުޖީސީގެ ކަނޑުގެ ސިފައިން ބުނެފިއެވެ.
އީރާނުން ބޭނުން ވަނީ މިވަގުތު، ހޮރްމުޒް ކަނޑުއޮޅި ބަންދުކޮށްފައި ބެހެއްޓުމަށެވެ.
އީރާނުން ކަނޑުއޮޅި ބަންދު ކުރިއިރު، އެމެރިކާ އާއި އީރާނާއި ދެމެދު ވަރުގަދަ ކުރިމަތިލުންތަކެއް ދަނީ ހިނގަމުންނެވެ.
ބައެއް މީޑިއާތަކުން ބުނީ އެމެރިކާގެ އަސްކަރިއްޔާއިން ގަލްފުގެ ދެކުނު ކަނޑުގެ ސަރަހައްދުގައި ”ގާނޫނާ ހިލާފު މަގެއް“ ބޭނުން ކުރުމަށް ބައެއް އުޅަނދުތަކަށް ހިތްވަރު ދެމުންދާ ކަމަށެވެ.
އައިއާރުޖީސީގެ ކަނޑުގެ ސިފައިން ބުނާ ގޮތުގައ ގަވާއިދާ ހިލާފުވެގެން ދަތުރު ކުރާ ނުވަތަ އެހެން ޓްރާންސިޓް ރޫޓްތައް ބޭނުން ކުރަން މަސައްކަތް ކުރާ އުޅަނދުތައް ހުއްޓުވަން ދަނީ މަސައްކަތް ކުރަމުންނެވެ.



