އަންގާރަ, ޖޫން 17, 2025
spot_img
- Advertisement -spot_img

ދެމެހެއްޓިނި އުފާވެރިކަން ލިބޭނީ އިންސާނިއްޔަތުކަމުގެ ތެރެއިންކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

ދެމެހެއްޓިނި އުފާވެރިކަން ލިބޭނީ އިންސާނިއްޔަތުކަމުގެ ތެރެއިންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ބައިނަލްއަޤްވާމީ އުފާވެރިކަމުގެ ދުވަހާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ސޯޝަލް މީޑިއާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އުފާވެރިކަން ހޯދުމަކީ ވަކި މީހެއްގެ ދަތުރެއް ނޫންކަމަށާއި އެއީ ޖަމާޢަތުގެ ދަތުރެއްކަމަށާއި، އަދި ދެމެހެއްޓެނިވި ގޮތެއްގައި އެ އުފާވެރިކަން ލިބޭނީ އިންސާނިއްޔަތުކަމުގެ ތެރެއިންކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ، މުޖުތަމަޢުގެ ހުރިހާ ފަރުދުންނަށް އޯގާތެރިކަމާއި އެހީތެރިކަން ފޯރުކޮށްދިނުމަކީ ޤައުމުގެ ކުރިއެރުމަށް މުހިންމު ކަމެއް ކަމަށެވެ.

މިފަދަ ދުވަހެއް ފާހަގަކުރަމުންދާއިރު، ދިވެހިންގެ އުފާވެރިކަން މިންކުރުމުގެ ޤައުމީ މަޝްރޫޢު ވެސް ވަނީ މިހާރު ފަށާފައެވެ.

”ބައިނަލްއަޤްވާމީ އުފާވެރިކަމުގެ ދުވަސް“  ފާހަގަ ކުރުމުގެ ގޮތުން ސިޓީތަކާއި އިދާރީދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވުޒާރާއިން ވަނީ ޙާއްސަ ހަރަކާތްތަކެއް ރާވާފައެވެ. އެގޮތުން މި ދުވަސް ފާހަގަކުރުމަށް މިއަދާއި، މާދަމާ މާލޭގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ޙަރަކާތްތަކުގެ ތެރޭގައި، ގިފްޓް ޕެކް ޙަވާލުކުރުމާއި، ދުވަހާ ގުޅޭ ކާޑު ބެހުމާއި، މާ ހަދިޔާކުރުމާއި، ދުވަހުގެ ތަހުނިޔާ ފޮނުވުން ހިމެނޭކަމަށް އިދާރީ ދާއިރާތައް ހިންގުމާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

މީގެ އިތުރުން ޓީވީއެމުން މިހާރު ލޯންޗްކޮށްފައިވާ ”ހިތްހެޔޮކަމުން އުފާވެރިކަން“ މި ކެމްޕޭނުގެ ދަށުން ހިތްހެޔޮކަމާއި، އޯގާތެރިކަމުން އުފާވެރިކަން ގެނުވައިދޭ ފަދަ ވީޑިޔޯ ފޮނުވުމުގެ ޙަރަކާތެއް ކުރިއަށް ގެންދާ ގޮތަށް ހަމަޖެހިފައިވާކަމަށްވެސް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް