- Advertisement -spot_img

ރާއްޖޭގައި ކުރިއަށްގެންދާ ސިލްސިލާ ދައުރާ ޕްރޮގްރާމް ފަށައިފި

އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއާއި، ސަޢޫދީ ޢަރަބިއްޔާގެ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް، ދަޢުވާ އެންޑް ގައިޑެންސް ގުޅިގެން ރާއްޖޭގައި ކުރިއަށްގެންދާ ސިލްސިލާ ދައުރާ ޕްރޮގްރާމް، ރަސްމީކޮށް ފަށައިފިއެވެ.

​މި ޕްރޮގްރާމް އިފްތިތާޙު ކުރުމަށް ރޭ ބޭއްވުނު ޚާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ސަޢޫދީ ޢަރަބިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހިޒް އެކްސެލަންސީ ޔަޙްޔާ ބިން ޙަސަނުލް ޤަޙްޠާނީއެވެ. މި ޕްރޮގުރާމުގެ ދަންފަޅިތައް މިއަދުވެސް ކުރިއަށްދާނެއެވެ.

​މި ޕްރޮގްރާމުގައި ބައިވެރިވުމަށް ހަމަޖެހިފައިވަނީ ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރިންނާއި، މިސްކިތްތަކުގެ އިމާމުންގެ އިތުރުން ޒުވާން ޚަޠީބުންނެވެ.

ގުޅުންހުރި ލިޔުންތައް