- Advertisement -spot_img

ގަން އެއާޕޯޓަށް އައި ޓޫރިސްޓުންގެ އަދަދު 4،200 އަށް ވުރެ ގިނަ

އަހަރުގެ މިހާތަނަށް އައްޑޫ ގަން އެއާޕޯޓަށް 4،200 އަށް ވުރެ ގިނަ ޓޫރިސްޓުން އައިސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެތަނުން އާންމުކޮށްފައިވާ އެންމެ ފަހުގެ ޓޫރިސްޓް އެރައިވަލްސްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އަހަރުގެ މިހާތަނަށް ގަން އެއާޕޯޓަށް 4،220 ޓޫރިސްޓުން އައިސްފައިވެއެވެ. އެއީ އައްޑޫގެ ޓޫރިސްޓް ފެސިލިޓީތަކުގެ އިތުރަށް ދެކުނުގެ ބައެއް ފެސިލިޓީތަކަށެވެ.

ގަމަށް ހަމައެކަނި ބާއްވާ ބޭރުގެ ޝެޑިއުލް އެއާލައިނަކީ ސްރީ ލަންކަން އެއާލައިންސެވެ. އެ އެއާލައިނުން މިހާރު ހަފުތާއަކު ތިން ދަތުރު ބާއްވަ އެވެ. ގަމަށް ދެން ދަތުރުކުރާ އެއާލައިނަކީ ގައުމީ އެއާލައިން، މޯލްޑިވިއަނެވެ. ގަން އެއާޕޯޓަކީ އަހަރުގެ މިހާތަނަށް އަތޮޅު ތެރޭގެ އެއާޕޯޓްތަކުގެ ތެރެއިން ޓޫރިސްޓުން އެންމެ ގިނައިން އެތެރެވި އެއާޕޯޓެވެ.

މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މާފަރު އިންޓަނޭޝަނަލް އެއާޕޯޓަށް މި އަހަރުގެ މިހާތަނަށް 3،755 ޓޫރިސްޓުން، ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަށް 2،451 ޓޫރިސްޓުން، ވިލާ އިންޓަނޭޝަނަލް އެއާޕޯޓް (މާމިގިލި) އަށް 2،005 ޓޫރިސްޓުން އަދި ކުޑަހުވަދޫގައި އޮންނަ ދާލު އެއާޕޯޓަށް 902 ޓޫރިސްޓުން އައިސްފައިވެއެވެ.

ހަރުގެ މިހާތަނަށް ރާއްޖެއަށް ޖުމްލަ 1109003 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވާ އިރުވެ، އެންމެ ގިނަ ޓޫރިސްޓުން އަންނަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) މެދުވެރިކޮށެވެ. އެގޮތުން އަހަރުގެ މިހާތަނަށް އެ އެއާޕޯޓުން 1،080،093 ޓޫރިސްޓުން އެތެރެވެފައިވެ އެވެ.

އަހަރުގެ މިހާތަނަށް ވައިގެ މަގުން ރާއްޖެ އަށް އައިސްފައި ވަނީ 1،093،426 ޓޫރިސްޓުންނެވެ. ކަނޑުމަގުން ވެސް ރާއްޖެ އަށް ޓޫރިސްޓުން ޒިޔާރަތްކުރެ އެވެ. އެއީ ކްރޫޒްލައިނާތަކާއި ޔޮޓްފަހަރުގައެވެ.

ގުޅުންހުރި ލިޔުންތައް