- Advertisement -spot_img

ހިމަބިހި ޖެހުނު މީހުންގެ އަދަދު 121 އަށް

މިދިޔަ ހަފުތާގައި ރިޕޯޓްކުރި ހިމަބިހީގެ 55 ކޭސްއާއެކު އެކު އެ ބަލި ޖެހިފައިވާ މީހުންގެ އަދަދު މިހާރު 121 އަށް އަރާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ ހިމަބިހީގެ އިތުރު 55 ކޭސް މިދިޔަ ހަފްތާގައި ރިޕޯޓްކޮށްފައި ވަނީ މާލެ ސަރަހައްދުން ކަމަށެވެ. މިއާ އެކު މި މިހާތަނަށް މި އަހަރު ތެރޭގައި އެ ބަލި ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 121 އަށް އަރައިފަ އެވެ.

ހިމަބިހީގެ ކޭސްތައް އިތުރުވާތީ، ޝައްކުކުރެވޭ މީހުން ޑޮކްޓަރަށް ދެއްކުމަށް އައިޖީއެމްއެޗުގައި ހެލްޕް ޑެސްކެއް ވެސް ގާއިމުކޮށްފައިވެ އެވެ. އަދި މިހާތަނަށް 5،495 މީހަކަށް ވަނީ ވެކްސިން ދީފައެވެ.

އަވައްޓެރި ގައުމުތަކާއި ދުނިޔޭގެ އެކި ބައެެއް އެހެން ސަރަހައްދުތަކުގެ ގައުމުތަކުގައި ވެސް މި ދުވަސްވަރު ހިމަބިހި ދަނީ ފެތުރެމުންނެވެ. މި ބައްޔަކީ ރާއްޖެ އިން ނައްތާލާފައިވާ ކަމަށް 2017 ގައި ކަނޑައަޅާފައިވާ ބައްޔެކެވެ.

އެޗްޕީއޭ އިން ވަނީ އެ ބަލީގެ އަލާމަތްތައް ފެންނަ ނަމަ ވީހާ ވެސް އަވަހަކަށް ޑޮކްޓަރަށް ދައްކަން އިލްތިމާސްކޮށްގަ އެވެ. ހިމަބިހީގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުމާ އެކު ރަތް ބިހިތަކެއް ނެގުން ހިމެނެއެވެ.

ގުޅުންހުރި ލިޔުންތައް