- Advertisement -spot_img

ދިރާގުޕޭއިން ބިލް ދައްކައިގެން ބާލީއަށް ދިއުމުގެ ފުރުސަތު

ދިރާގުޕޭ މެދުވެރިކޮށް ދިރާގު ބިލްތަކަށް ފައިސާ ދައްކާ ކަސްޓަމަރުންގެ ތެރެއިން ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް، އިންޑޮނޭޝިއާގެ ބާލީގައި ދެ މީހަކަށް ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް ދިރާގު ފިންޓެކުން ފަށައިފިއެވެ.

މި ޕްރޮމޯޝަނަކީ ރާއްޖޭގައި ފައިސާގެ މުއާމަލާތްތައް ކުރުމަށް ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރުމަށް ޝައުގުވެރިކަން އިތުރުކޮށް، ކަސްޓަމަރުންގެ މެދުގައި ޑިޖިޓަލްކޮށް ފަސޭހަކަމާއެކު ފައިސާ ދެއްކުމުގެ އާދަ އަށަގެންނެވުމާއި، ދިރާގުޕޭގެ ހިދުމަތްތައް ބޭނުންކުރާ ކަސްޓަމަރުންގެ އަގުވަޒަންކޮށް އަގުހުރި އިނާމެއް ހޯދުމުގެ މަގު ފަހިކޮށްދިނުމުގެ މަގުސަދުގައި ކުރިއަށްގެންދާ ޕްރޮމޯޝަނެއް ކަމަށް ދިރާގުން ވަނީ ބުނެފައެވެ.

މި ޕްރޮމޯޝަންގެ ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް ލިބޭ މި ދަތުރުގައި:

– ދެ މީހަކަށް ބާލީއަށް ދިއުމުގެ ދެކޮޅު ޓިކެޓު

– ހުރުމުގެ އިންތިޒާމު

– ޓްރެވަލް އެޖެންސީން ފަރުމާކޮށްފައިވާ ހާއްސަ ޓުއާއެއް

މި ޕްރޮމޯޝަން އަންނަ މަހުގެ 31 ގެ ނިޔަލަށް ކުރިއަށްދާނެ އެވެ. މި ޕްރޮމޯޝަނާ ބެހޭ އިތުރު މައުލޫމާތު ދިރާގު ވެބްސައިޓް މެދުވެރިކޮށް ލިބިގެންދާނެއެވެ.

ދިރާގު ފިންޓެކްގެ އަމާޒަކީ ކަސްޓަމަރުންނަށް އިތުރު ލުއި ފަސޭހަތައް ލިބޭ ފިންޓެކް ސޮލިއުޝަންތައް ފޯރުކޮށްދިނުމެވެ.

ގުޅުންހުރި ލިޔުންތައް