- Advertisement -spot_img

ވޯލްޑް ކަޕް: އެކުއެޑޯ އިން ވަރުގަދަ ޖަރުމަނު ބަލިކޮށް ދެވަނަ ބުރަށް

ފީފާ ވޯލްޑް ކަޕްގައި ޖަރުމަނު 2-1 އިން ބަލިކޮށް މުބާރާތުގެ ދެވަނަ ބުރުން އިކުއެޑޯ ޖާގަ ހޯދައިފިއެވެ.

މި މެޗު ފެށިގެން މާގިނަ އިރުތަކެއް ނުވެ ލީރޯއި ސާނޭ ވަނީ ޖަރުމަނަށް ލީޑު ނަގައިދީފައެވެ. މިއީ އޭރިއާ ތެރޭ ހުރެ ފޮނުވާލި ހަމަލާއަކުން ސާނޭ ކާމިޔާބުކުރި ގޯލެކެވެ. ނަމަވެސް މެޗުގެ 9 ވަނަ މިނެޓްގައި ނިލްސަން އަންގޫލޯ ވަނީ އިކުއެޑޯއަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ. އޭނާ މި ގޯލު ކާމިޔާބުކުރީ ޖަރުމަނުގެ އޭރިއާ ބޭރުގައި ހުރެ ފޮނުވާލި ބާރު ހަމަލާއަކުންނެވެ.

ދެ ޓީމުވެސް އެއްވަރެއްގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު، ދެވަނަ ހާފްގައި އިކުއެޑޯ އިން ދިޔައީ ކުރިއަށް ޖެހިލައިގެން ޖަރުމަނުގެ ޑިފެންސްލައިނަށް ބާރުބޮޑު ކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 77 ވަނަ މިނެޓްގައި ގޮންޒާލޯ ޕްލާޓާ ވަނީ އެޓީމަށް ލީޑު ނަގައިދީފަ އެވެ. މިއީ ޖަރުމަނުގެ އޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅައަކުން ކާމިޔާބުކުރި ގޯލެކެވެ.

މެޗުގެ ފަހު 10 މިނެޓްތެރޭ ނަތީޖާ އެއްވަރުކުރަން ޖަރުމަނުން މަސައްކަތް ކުރި ނަމަވެސް އިކުއެޑޯގެ ޑިފެންސްލައިން އިތުރަށް ފޫއަޅުވާލެވޭ ގޮތް ވަނީ ނުވެފައެވެ.

މިއީ 2006 ވަނަ އަހަރަށް ފަހު އިކުއެޑޯ މުބާރާތުގެ ދެވަނަ ބުރުން ޖާގަ ހޯދި ފުރަތަމަ ފަހަރެވެ.

މި ގްރޫޕްގައި މިރޭ އައިވަރީ ކޯސްޓުން ވަނީ 2-0 އިން ކުރަސާއޯ ބަލިކޮށްފަ އެވެ. މި މެޗުގައި އައިވަރީ ކޯސްޓުގެ ދެ ގޯލުވެސް ކާމިޔާބުކޮށްދިނީ ނިކޮލަސް ޕެޕޭއެވެ.

ގުޅުންހުރި ލިޔުންތައް