ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސެލްފް ސާވިސް އޭޓީއެމްއެއް ފުވައްމުލައް އެއާޕޯޓްގައި ހުޅުވައިފިއެވެ.
ބޭންކިންގެ ހިދުމަތްތައް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް ބީއެމްއެލް އިން ކުރަމުންދާ މަސައްކަތުގެ ދަށުން ބެހެއްޓި މި އޭޓީއެމުން ރުފިޔާ ޖަމާކުރުމާއި ނެގުމުގެ ހިދުމަތުގެ އިތުރުން ޓްރާންސްފާ ކުރުމުގެ ހިދުމަތް ލިބޭނެއެވެ.
މިއީ ފުވައްމުލަކު ސިޓީގައި ބީއެމްއެލް އިން ބެހެއްޓި ހަތަރު ވަނަ އޭޓީއެމްއެވެ.
ބީއެމްއެލް އިން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ފުވައްމުލަކުގައި ޑޮލަރު އޭޓީއެމްއެއް ވަނީ ހުޅުވާފައެވެ.
ބީއެމްއެލް އިން އަންނަނީ މުޅި ރާއްޖެއަށް ބޭންކިން ނިޒާމު ފުޅާ ކުރުމުގެ ގޮތުން ރަށްރަށުގައި ރުފިޔާ އަދި ޑޮލަރު އޭޓީއެމް ބަހައްޓައި ހިދުމަތް ދެމުންނެވެ.



