އާދިއްތަ, ޑިސެމްބަރ 7, 2025
spot_img
- Advertisement -spot_img

ރައީސްގެ އިރުޝާދާއި އިސްނެންގެވުމާއެކު އިސްލާމީކަންތައްތަކާއި ބެހޭ ވުޒާރާއިން ހިންގާ މަޝްރޫއުތަކުގެ ސަބަބުން އިސްލާމީ ދާއިރާއަށް އިތުރު ކުރިއެރުންތަކެއް ލިބޭނެ: ޝަހީމް

ރައީސުލްޖުމުޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމާއި އިރުޝާދުގެ ދަށުން މިއަދު ސޮއިކުރެވުނު މަޝްރޫޢުތަކުން ދިވެހިރާއްޖޭގެ އިސްލާމީ ދާއިރާއަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމުޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްލާމީ ދާއިރާތަކުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ މަޝްރޫއުތަކުގެ ޢަމަލީ މަސައްކަތް ފެށުމަށް ކުންފުނިތަކާއެއެކު އެއްބަސްވުމުގައި ސޮއި ކުރުމަށް މިއަދު އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ބޭއްވެވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތުތައް ތަންފީޒް ކުރައްވަމުން ގެންދަވަނީ ރައްޔިތުންނާއި ބައްދަލު ކުރައްވާ، ރައްޔިތުން އެދިލައްވާ ގޮތަށްކަމަށެވެ. އެގޮތުން މިއަދު ސޮއިކުރެވުނު މަޝްރޫއުތަކަކީވެސް މިފަދަ މަޝްރޫއުތަކެއްކަމަށް ވަޒީރު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު އިތުރަށް ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގެ ތެރެއިން އިސްލާމީ ދާއިރާގެ ގިނަ މަޝްރޫޢުތަކެއް ކުރިއަށްދާނެކަމަށާއި މިކަންކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެއްވި އަހަންމިއްޔަތު ފާހަގަކުރައްވާކަމަށާއި މި މަސައްކަތްތައް ރައީސް ވަރަށް ގާތުން ބައްލަވާކަމަށާއި ރައީސްއަށް ޝުކުރު އަދާކުރައްވާކަމަށެވެ.

މީގެ އިތުރުން ވަޒީރުގެ ވާހަކަފުޅުގައި ވަނީ މިއަދު ސޮއިކުރެވުނު މިސްކިތްތަކުގެ މަސައްކަތް ނިމިގެންދާއިރު، މިސްކިތްތަކުގައި ޤުރުއާން ކުލާސް ޤާއިމްކުރެވި، މިސްކިތްތައް އޭސީކޮށް ސޯލާ ޕެނަލް ހަރުކުރެގެންދާނެކަމަށް ވިދާޅުވިއެވެ. އަދި މި މިސްކިތްތަކަކީ މުޅިން އާ ޑިޒައިންތަކަށް އިމާރާތް ކުރެވޭ، އަދި ދިވެހިރާއްޖޭގެ މާޙައުލާއި ގުޅޭ ރައްޔިތުންނަށް ހިތްހަމަޖެހިގެން ނަމާދު ކުރެވޭނެ ފުރިހަމަ މިސްކިތްތަކަކަށް ވެގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން ވަޒީރު ވާހަކަފުޅުގައި ވަނީ މި މަސައްކަތްތަކުގެ އެއްބަސްވުމުގައި ސޮއިކުރުމާއި ހަމައަށް ކުންފުނިތަކުގެ ވެރިންނާއި މުވައްޒަފުންގެ ފަރާތުން ދެއްވި އެއްބާރުލެއްވުމާއި އެހީތެރިކަމަށް ޝުކުރު އަދާ ކުރައްވާފައެވެ.

މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވަނީ 14 މަޝްރޫޢުއެއްގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. އެއީ 2 ރަށެއްގައި ޤުރުއާނާއި ބެހޭ މަރުކަޒުގެ ގޮފި އިމާރާތްކުރުމަށާއި، 1 ރަށެއްގައި އިސްލާމީ މަރުކަޒެއް އިމާރާތް ކުރުމުގެ އިތުރުން 11 ރަށެއްގައި މިސްކިތް އިމާރާތް ކުރުމަށެވެ.

ގުޅުންހުރި ލިޔުންތައް