ހޯމަ, ޖުލައި 28, 2025
spot_img
- Advertisement -spot_img

ޤައުމީ އެއާލައިން، މޯލްޑިވިއަން އިން މި އަހަރު ޖަރުމަނާއި ސައުތު އެފްރިކާއަށް ދަތުރުތައް ފަށަނީ

މޯލްޑިވިއަންގެ ދަތުރުތައް މި އަހަރުގެ ތެރޭގައި ޖަރުމަނާއި ސައުތު އެފްރިކާއަށް ފަށަން ތައްޔާރުވެއްޖެކަމަށް މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުޙައްމަދު އަމީން ވަނީ ވިދާޅުވެފައެވެ.

މި އަހަރުގެ ތެރޭގައި ޖަރުމަނުވިލާތަށާއި ސައުތު އެފްރިކާއަށް މޯލްޑިވިއަންގެ ދަތުރުތައް ފެށުމަށް ވާންޖެހޭ ތައްޔާރީތައް އެ ކުންފުނިން ވަމުން އަންނަކަން ހާމަކޮށް އަމީން ވިދާޅުވީ މި ދަތުރުތަކުގެ ސަބަބުން އެ ޤައުމުތަކުން އަންނަ ފަތުރުވެރިންގެ އަދަދަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށެވެ.

އަމީން އިތުރަށް ވިދާޅުވީ މިއީ ދުރު މަންޒިލްތަކުން ރާއްޖެއަށް އަންނަން ބޭނުންވާ ފަތުރުވެރިންނަށް ވަގުތު ސަލާމަތްވާނެކަމެއްގެ ގޮތުގައި ސިފަ ކުރައްވާފައެވެ.

މި އަހަރުގެ އޮކްޓޯބަރ މަހުގެ ތެރޭގައި އިތުރު ވައިޑް-ބޮޑީ އެއަރކްރާފްޓެއް ރާއްޖެ ގެންނާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޢިއްޒުގެ ސަރުކާރުން ވަނީ މީގެ ކުރިން ހާމަކޮށްފައެވެ. މޯލްޑިވިއަން އިން ދަނީ އިތުރު ބޯޓެއް ގެނެސް ޔޫރަޕްގެ އިތުރު މަންޒިލްތަކަށް ދަތުރުތައް ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް