- Advertisement -spot_img

އެމްޑީޕީ އިންތިޚާބު: ދެ ރަށެއްގައި ވޯޓްފޮށި ފަޅާލައި ވަގުތު އިތުރުކޮށްފި

މިއަދު ކުރިއަށްދާ އެމްޑީޕީގެ އެތެރޭގައި އިންތިޚާބުގައި ދެ ރަށެއްގައި ބެހެއްޓި ވޯޓްފޮށި ފަޅާލައި ގެއަށް ވޯޓްފޮށި ގެންގޮސްގެން ވޯޓްލުން ފަދަ އެތައް މައްސަލަތަކެއް ފެންމަތިވެ އިންތިޚާބުގެ ނަތީޖާގެ ކުރީން ވޯޓްގެ ސައްޙަކަމާމެދު ސުވާލު އުފެދިއްޖެއެވެ.

އެމްޑީޕީގެ ޗެއަރޕާސަން އިންތިޚާބުގައި ވޯޓްލުން ކުރިއަށް ދަނިކޮށް ގދ. ފިޔޯރީގައި ބެހެއްޓި ވޯޓްފޮށި ވަނީ ފަޅާލާފައެވެ. ވޯޓްލާ މަރުކަޒުގައި ބޮޑު ހަމަނުޖެހުމެއް ވެސް ހިނގި އެވެ. އަދި ފ. ފީއަލީ ވޯޓުލާ މަރުކަޒުގައި ބަހައްޓާފައި ހުރި ވޯޓްފޮށި ނަޝީދުގެ ސަޕޯޓަރުންތަކެއް ވަނީ ފަޅާލާފައެވެ.

މީގެ އިތުރުން ފީއަލީގައި ވޯޓްލާން ބޭނުންކުރަނީ އެ ވޯޓްފޮއްޓާއި ހަވާލުވެހުރި މީހާ އަމިއްލައަށް ހަދާފައިވާ ވޯޓްސް ލިސްޓެއް ކަމަށް އިންތިޚާބުގައި ވާދަކުރާ މީކާއީލް ނަސީމް ވަނީ ވިދާޅުވެފަ އެވެ. އެ ލިސްޓުން މީކާއީލަށް ތާއީދު ކުރާ މީހުންގެ ނަންތައް ވަނީ އުނިކޮށްފަ އެވެ. އަދި ނަޝީދަށް ތާއީދުކުރާ މީހުންގެ ނަންތައް ވަނީ ހިމަނާފައެވެ.

އޭގެ ފަހުން އެ އޮފިޝަލް ވަނީ ވޯޓްފޮށި އޭނާގެ ގެއަށްވެސް ގޮސްފައެވެ. އަދި އެގޭގައި އޭނާ ބޭނުންވާ ގޮތަށް ވޯޓްގެ ކަންކަން ގެންގޮސްފައިވެއެވެ.

ވޯޓްފޮށި ފަޅާލުމުން ބައެއް ރަށްރަށުގައި ފަޅާލާފައިވާ ވޯޓްފޮއްޓަށްވެސް ދަނީ ވޯޓް ލަމުންނެވެ. މީގެ ކުރީ އިންތިޚާބުތަކުގައި ވެސް އެމްޑީޕީން ވަނީ އުވަ ދޯންޏަކާއި ކޮންކުރީޓް މެޝިންފަދަ ތަކެއްޗަކީވެސް ވޯޓްފޮށި ކަމަށް ބަލައި ވޯޓް އަޅާފައެވެ.

މިއަދު ހިނގާދިޔަ ކަންކަމާއި ގުޅިގެން އިންތިޚާބުގެ ނަތީޖާގެ ކުރީން ވޯޓްގެ ސައްޙަކަމާމެދު ވަނީ ސުވާލު އުފެދިފައެވެ.

ގުޅުންހުރި ލިޔުންތައް