- Advertisement -spot_img

އީރާނުގެ ވަރުގަދަ ހަލަމާތެކެއް ނިރުބަވެރި އިޒްރޭލަށް ދީފި

ލުބްނާނަށް އިޒްރޭލުމް ހަމަލާދޭތީ، އެކަމަށް ރައްދު ދިނުމުގެ ގޮތުން އިރާން މިރޭ އިޒްރޭލަށް މިސައިލް ހަމަލާތަކެއް ދޭން ފަށައިފިއެވެ.

ސަހްޔޫނީ އިޒްރޭލުން މިއަދު ވަނީ ލުބްނާނަށް ލާއިންސާނީ ހަމަލާތަކެއްދީ ގިނަ އަދަދެއްގެ ބަޔަކު ޝަހީދު ކޮށްލާފައެވެ.

އިރާނުން މީގެ ހަފްތާއެއްހައި ދުވަސް ކުރިންވެސް ބުނަމުންދިޔައީ ލުބްނާނަށް ހަމަލާ ދިނުން އިޒްރޭލުން ނުހުއްޓާނަމަ ކުޅިބަލަން އިރާނުން ނުތިބޭނެ ކަމަށެވެ.

އިސްރާއީލް އަސްކަރިއްޔާއިން ބުނީ އީރާނުން އިސްރާއީލާއި ދިމާލަށް މިސައިލްތަކެއް ފޮނުވާލާފައިވާ ކަމަށެވެ.

އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) އިން ބުނީ، އިސްރާއީލުގެ ރަމަތް ޑޭވިޑް އަސްކަރީ ވައިގެ މަރުކަޒަށް ބެލިސްޓިކް މިސައިލް ބޭނުން ކޮށްގެން ހަމަލާދިފައިވާ ކަމަށް. އަދި އިސްރާއީލުން ލުބުނާނަށް ދޭ ހަމަލާތައް ވަގުތުން ހުއްޓާލަން ޖެހޭ ކަމަށެވެ.

ޓްރަމްޕް ބުނެފައިވަނީ އީރާނުން އިސްރާއީލަށް ދިން ހަމަލާއާއި ގުޅިގެން ސުލްހަ ގާއިމު ކުރުމަށް އޭނާ ކުރާ މަސައްކަތަށް ބަދަލެއް ނާންނާނެ ކަމަށާއި އިސްރާއީލުގެ ބޮޑުވަޒީރު، ބެންޖަމިން ނަތަންޔާހޫއަށް ޖެހޭނީ އެއްބަސްވުމަށް އެއްބަސްވާން ކަމަށެވެ. އަދި ނަތަންޔާހޫއަށް އިތުރު ގޮތެއް ނޯންނާނެ ކަމަށްވެސް ޓްރަމްޕް ބުންޏެވެ.

ލުބުނާނުގެ ވެރިރަށް، ބެއިރޫތުގެ ދެކުނަށް އިސްރާއީލުން ދިން ހަމަލާތަކުގައި 2 މީހުން ޝަހީދުކޮށްލައި 20 ވަރަކަށް މީހުން ވަނީ ޒަހަމްކޮށްލާފައެވެ.

ގުޅުންހުރި ލިޔުންތައް