އދ.ގެ އާންމު މަޖިލީހުގެ 81 ވަނަ ސެޝަންގެ ރައީސްގެ މަގާމަށް ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރު ޑރ. ޚަލީލުއް ރަހްމާން އިންތިހާބު ވެވަޑައިގަތުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ މި މުހިންމު ޒިންމާ އަދާކުރެއްވުމުގައި ކާމިޔާބީއަށް އެދޭ ކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރުން ޑރ. ޚަލީލުއް ރަހްމާންގެ ލީޑަޝިޕްގެ ދަށުން އދ. ގެ އާންމު މަޖިލީހަކީ ހުރިހާ މެންބަރު ގައުމުތަކެއްގެ ޝާމިލުވުން އޮންނަ، ނަތީޖާ ނެރެދޭ މުހިންމު މަސްރަޙެއްގެ ގޮތުގައި ދެމިއޮންނާނެކަމުގެ ފުރިހަމަ ޔަގީންކަން އޮތް ކަމަށް ވިދާޅުވެފައިވެއެވެ.
މިއީ ބަންގްލަދޭޝްގެ ރައްޔިތުންނަށާއި މި މުޅި ސަރަޙައްދަށްވެސް ލިބުނު ފަހުރުވެރި ކާމިޔާބީއެއް ކަމަށްވެސް ރައީސް ވިދާޅުވެފައިވެއެވެ.



