- Advertisement -spot_img

އެއާ އިންޑިއާއިން ރާއްޖެއަށް ކުރާ ދަތުރުތައް މެދުކަނޑާލައިފި

އެއާ އިންޑިއާގެ ދަތުރުތައް ރާއްޖެއަށް ވަގުތީ ގޮތުން މެދުކަނޑާލައިފި އެވެ.

އެ އެއާލައިނުން ބުނީ ދަތުރުތައް މެދުކަނޑައިލީ އަންނަ އޮގަސްޓް މަހުގެ ނިޔަލަށް ކަމަށެވެ.

ރާއްޖެއަށް ކުރާ ދަތުރުތަކުގެ އިތުރުން އެއާ އިންޑިއާ އިން ވަނީ، ނިއު ދިއްލީ އާއި ޗައިނާގެ ޝަންހާއީއާ ދެމެދު ކުރާ ދަތުރުތަކާއި، ބަންގްލަދޭޝްގެ ދާކާއަށް ކުރާ ދަތުރުތަކާއި، އިންޑިއާގެ ޗެންނާ އީން ސިންގަޕޫރަށް ކުރާ ދަތުރުތަކާއި، އެމެރިކާގެ ބައެއް މަންޒިލުތަކަށް ކުރާ ދަތުރުތައް ވެސް އޮގަސްޓް މަހުގެ ނިޔަލަށް މެދުކަނޑާލައިފަ އެވެ.

އެއާ އިންޑިއާއިން ބުނީ މި ބަދަލުތައް ގެނައީ ބައެއް މަންޒިލްތަކުގެ ވައިގެ ސަރަހައްދުތައް ބަންދުކޮށްފައި އޮންނަ އޮތުން ދިގުލައިގެން ދިއުމާއި، ޖެޓް ފިއުލްގެ އަގު އުފުލިގެން ދިއުން ފަދަ ކަންތައްތަކުގެ ސަބަބުން ކަމަށެވެ.

އެއާ އިންޑިއާ އަކީ ރާއްޖެ އަށް ޝެޑިއުލް ދަތުރުކުރާ އެންމެ ދުވަސްވީ އެއް އެއާލައިނެވެ. އެ އެއާލައިންގެ ދަތުރުތައް ރާއްޖެއަށް އެންމެ ފުރަތަމަ ދަތުރުތައް ފެށީ ފެބްރުވަރީ 21، 1976 ގަ އެވެ.

އެއާ އިންޑިއާގެ ދަތުރުތައް ރާއްޖެ އަށް މެދުކަނޑާލި އިރު، އެ ގައުމަކީ ރާއްޖެ އަށް މިހާރު އެންމެ ގިނައިން ޓޫރިސްޓުން އަންނަ 10 ގައުމުގެ ތެރޭގައި ހިމެނޭ ގައުމެކެވެ.

ގުޅުންހުރި ލިޔުންތައް