- Advertisement -spot_img

ތުރާކުނުގައި އަޅާ މިސްކިތުގެ 88 އިންސައްތަ މަސައްކަތް ނިންމައިފި

ހއ. ތުރާކުނުގައި އަޅާ 300 މީހުންގެ ޖާގައިގެ މިސްކިތުގެ 88 އިންސައްތަ މަސައްކަތް ނިންމައިފިއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ، މި މަޝްރޫއުގެ ދަށުން ކުރަންޖެހޭ ކޮންކްރީޓް މަސައްކަތްތަކުގެ 95 އިންސައްތަ މިހާރު ނިންމާފައިވާ ކަމަށެވެ.

10 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ ދަށުން އެރަށުގައި 300 މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭނެ އާ މިސްކިތެއް ބިނާކުރެވޭނެއެވެ.

މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 2023 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ ހަތަރުވަނަ ދުވަހެވެ.

ގުޅުންހުރި ލިޔުންތައް