- Advertisement -spot_img

ބުކިން ޑޮޓްކޮމްގެ ނަމުގައި ސްކޭމް މެސެޖުތަކެއް، ސަމާލުވޭ!

ބުކިން ޑޮޓްކޮމްގެ ނަމުގައި ސްކޭމް މެސެޖުތަކެއް ފޮނުވާތީ ސަމާލުވުމަށް އިލްތިމާސްކޮށްފިއެވެ.

ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ބުނީ ބުކިން ޑޮޓްކޮމްގެ ނަމުގައި އޮޅުވާލައިގެން ފައިސާ އަތުލުމަށް ސްކޭމް މެސެޖުތަކެއް ފޮނުވަމުންދާ ކަމަށެވެ.

މެސެޖުތަކުގައި ވަނީ ރީފަންޑެއް ދޭން ބޭނުންވާ ކަމަށް ބުނެ ކާޑުގެ މައުލޫމާތުތައް ހިއްސާކުރުމަށް އެދިފަ އެވެ. ފައިސާ ޓްރާންސްފާ ކުރުމަށް 24 ގަޑިއިރުގެ މުއްދަތެއްވެސް ދީފައިވެ އެވެ.

ފުލުހުން ބުނީ އެއީ މީހުން ބޭންކުގައި ރައްކާކޮށްފައި ހުންނަ ފައިސާ ވަގަށް ނެގުމަށް ސްކޭމަރުން ފޮނުވާ ފިޝިން ލިންކުތަކެއް ކަމަށެވެ.

ފުލުހުން ވަނީ އަލަށް ފޮނުވަމުންދާ ސްކޭމު މެސެޖުގައިވާ ލިންކަށް ނުފިތުމަށާއި އޯޓީޕީއާއި ކާޑުގެ މައުލޫމާތު ހިއްސާނުކުރުމަށް އެދިފަ އެވެ. އަދި އެ މައުލޫމާތުގެ ސައްހަކަށް ކަށަވަރުކުރުމަށް ރަސްމީ އެޕްލިކޭޝަން ނުވަތަ ވެބްސައިޓް މެދުވެރިކޮށް ޗެކްކުރުމަށްވެސް ފުލުހުން އެދިފައިވެ އެވެ.

ގުޅުންހުރި ލިޔުންތައް