ހުކުރު, މާރޗް 14, 2025
spot_img
- Advertisement -spot_img

ދާރުލް އަރުޤަމް ވަޤުފް އިމާރާތުގެ މަސައްކަތް ރޯދައަށް ފަހު ފަށަނީ

ސަރުކާރުގެ ފަރާތުން މާލޭގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ ދާރުލް އަރުޤަމް ވަޤްފް އިމާރާތުގެ މަސައްކަތް ރަމަޟާންމަސް ނިމުމުން މަސައްކަތް ފެށުމައް ތައްޔާރުވަމުންދާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

އީޕޮކް އެސޯސިއޭޓްސް އިން ތައްޔާރުކޮށްފައިވާ ދާރުލް އަރުޤަމް ވަޤްފް އިމާރާތުގެ ކުރެހުންތައް ވަޒީރު ޝަހީމް އާންމުކުރައްވާފައެވެ.

މި ދައުރުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެންމެ ބޮޑު ދެ މަޝްރޫޢަކީ ދާރުލްއަރުޤަމް މަޝްރޫޢުގެ އިތުރުން ހުޅުމާލޭގައި އެޅުމަށް ތައްޔާރުވަމުންދާ ދާރުއްސަލާމް ވަޤުފް އިމާރާތުގެ މަޝްރޫޢެވެ. މި މަޝްރޫޢުތައް ކާމިޔާބުކަމާއެކު ނިންމާލެވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ބަޖެޓަށް ބޮޑު ލުއެއް ލިބިގެންދާނެކަން އެ ވުޒާރާއިން ވިދާޅުވެފައިވެއެވެ.

ދާރުލް އަރުޤަމް ވަޤުފް އިމާރާތުގެ ކުރެހުމެއް | ފޮޓޯ: އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ

މިގޮތުން މާލޭގައި ތަރައްޤީކުރާ ދާރުލްއަރުޤަމް ވަޤުފު އިމާރާތަކީ 12 ފަންގިފިލާއަށް ތަރައްޤީ ކުރާ އިމާރާތެކެވެ. އަދި އެތަނުގެ މަސައްކަތް ރަމަޟާންމަހަށްފަހު މަސައްކަތް ފެށުމަށް މަސައްކަތް ކުރަމުންދާކަމަށް ވަޒީރު ޑރ. ޝަހީމް ވިދާޅުވިއެވެ. މީގެ އިތުރުން ހުޅުމާލޭގައި ތަރައްޤީ ކުރާދާރުއްސަލާމް ވަޤުފް އިމާރާތަކީވެސް 12 ފަންގިފިލާއަށް ތަރައްޤީ ކުރާ އިމާރާތެކެވެ.

ރާއްޖޭގައި މިވަގުތު ހުރީ އެންމެ ވަޤުފު އިމާރާތެކެވެ. އެއީ މާލޭގައި ތަރައްޤީކޮށްފައިވާ ”ދާރުލް އީމާން“ އެވެ. މި އިމާރާތުން އަހަރަކު 6 މިލިޔަން ރުފިޔާ ލިބެއެވެ. އެހެންނަމަވެސް ހުޅުމާލެއާއި މާލޭގައި ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާ ވަޤުފު އިމާރާތްތަކާއެކު އަހަރަކު 50 މިލިޔަން ރުފިޔާ ލިބޭނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު މީގެ ކުރިން ވިދާޅުވެފައިވެއެވެ.

މާލޭގައި ތަރައްޤީ ކުރާ ވަޤުފު އިމާރާތްތަކުގެ އިތުރުން އަތޮޅުތެރޭގައިވެސް މި ފަދަ މަޝްރޫޢުތައް ކުރިއަށްގެންދިޔުމަށްޓަކައި އަތޮޅު ވަޤުފު މަޝްރޫޢެއްވެސް ސަރުކާރުގެ ފަރާތުން ވަނީ އިފްތިތާހްކޮށްފައިވެއެވެ.

ގުޅުންހުރި ލިޔުންތައް