- Advertisement -spot_img

ކަރަންޓުގައި ޖެހުނު ކުއްޖާއަށް ވެންޓިލޭޓަރުގައި ފަރުވާދެނީ

ކަރަންޓު ޖެހިގެން ފިހުނު ފިރިހެން ކުއްޖާއަށް އައިސީޔޫގެ ވެންޓިލޭޓަރުގައި ފަރުވާ ދެމުންދާ ކަމަށް އިންދިރާ ގާންދޯ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ބުނެފިއެވެ.

އެކުއްޖާ ކަރަންޓު ޖެހިފައިވަނީ އީދުވިލޭރޭގެ ވަގުތެއްގައި ލ.ގަމުގައި އީދަށް ތައްޔާރުވުމަށް ކަރަންޓު ބޯޑަކުން ކަރަންޓު ނަގަން އުޅުމުގެ ތެރޭގައެވެ. ހާދިސާ ހިނގި ވަގުތުން ފެށިގެން އެކުއްޖާއަށް ފުރަތަމަ ފަރުވާ ދީފައިވަނީ ގަމު ރީޖަނަލް ހޮސްޕިޓަލުގައެވެ.

ނަމަވެސް، ކުއްޖާގެ ހާލު ވަރަށް ބޮޑަށް ސީރިއަސްވުމާ ގުޅިގެން، ވެންޓިލޭޓަރުގައި ފަރުވާ ދިނުމަށްފަހު، އިތުރު ފަރުވާއަށް އިއްޔެ މެންދުރުގެ ވަގުތެއްގައި ވަނީ މާލެ ގެނެސްފައެވެ. މިހާރު އޭނާއަށް ފަރުވާދެމުން އަންނަނީ އައިސީޔޫ ވެންޓިލޭޓަރުގައި ކަމަށް އައިޖީއެމްއެޗްއިން މައުލޫމާތުދެއެވެ.

މައުލޫމާތުލިބޭ ގޮތުގައި އޭނާ އަށް ވަނީ ސީރިއަސް އަނިޔާތަކެއް ވެފައެވެ. އެގޮތުން އޭނާގެ ހަށިގަނޑު ވަރަށް ބޮޑަށް ފިހިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

ގުޅުންހުރި ލިޔުންތައް