- Advertisement -spot_img

އިނގިރޭސި ޕްރިމިއާ ލީގުގެ މޮޅު ކޯޗުގެ އެވޯޑް އާޓެޓާ އަށް

އާސެނަލަށް 22 އަހަރު ފަހުން އިނގިރޭސި ޗެމްޕިއަންކަން ހޯދައިދިން ސްޕެއިންގެ މިކޭލް އާޓެޓާއަށް މި ސީޒަނުގެ ޕްރިމިއާ ލީގުގެ އެންމެ މޮޅު ކޯޗުގެ އެވޯޑް ލިބިއްޖެއެވެ.

ކްލޮޕް އެވޯޑް ހޯދީ މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އާއި މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު މައިކަލް ކެރިކް އާއި ބޯންމަތްގެ ކޯޗު އެންޑޮނީ އިރައޯލާގެ އިތުރުން ބްރެންޓްފޯޑުގެ ކޯޗު ކީތް އެންޑްރޫސްއާ ވާދަކޮށެވެ.

އާސެނަލް ލީގު ޗެމްޕިއަންކަން ހޯދީ ދެ ވަނައިގައި ނިންމާލި މެންޗެސްޓާ ސިޓީ އަށް ވުރެ 7 ޕޮއިންޓް އިތުރަށް ހޯދައިގެންނެވެ. އެގޮތުން ކުޅުނު 38 މެޗުގެ ތެރެއިން 26 މެޗުން މޮޅުވެ 85 ޕޮއިންޓް ހަމަކުރިއެވެ.

އެންމެ ފަހުން އާސެނަލްއިން ލީގުގެ ޗެމްޕިއަންކަން 04-2003ގައި ހޯދީ އެއްވެސް މެޗަކުން ބަލިނުވެ އެވެ. އެއީ މިހާތަނަށް ޕްރިމިއަ ލީގުގައި އެއްވެސް ޓީމަކަށް ހެދުނު ރެކޯޑެއް ނޫނެވެ.

އާސެނަލަށް ކުރިއަށް ދެން އޮތީ އަންނަ ހޮނިހިރު ދުވަހުގެރޭ ޕީއެސްޖީއާ ދެކޮޅަށް ކުޅޭ ޗެމްޕިއަންސް ލީގުގެ ފައިނަލެވެ. އާސެނަލަށް މި މުބާރާތް މިހާތަނަށް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.

ގުޅުންހުރި ލިޔުންތައް