- Advertisement -spot_img

ތިން ބައްޔެއް ފެތުރުން ހުއްޓުވުމުން ރާއްޖެއަށް ޑަބްލިޔުއެޗްއޯގެ އެވޯޑެއް

މައިމީހާގެ ފަރާތުން ދަރިންނަށް ކުރިމަތިވާ ތިން ބައްޔެއް ފެތުރުން ހުއްޓުވި ފުރަތަމަ ގައުމަކަށް ރާއްޖެ ވެގެންގޮސްފައިވާތީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން އެކަން ފާހަގަކޮށް ހަނދާނީ ފިލާއަރުވައިފިއެވެ.

ރާއްޖެއަށް މި ކާމިޔާބީ ލިބުނީ އެޗްއައިވީ، ސިފިލިސް އަދި ހެޕަޓައިޓިސް ބީ މައިމީހާގެ ފަރާތުން ދަރިންނަށް ކުރިމަތިވުން ހުއްޓުވާފައިވާތީ އެވެ.

މިކަމުގެ ހަނދާނީ ފިލާ ރާއްޖޭގެ ހެލްތު މިނިސްޓަރު ޣީލާ އަލީއަށް އެރުވީ މިހާރު ޖެނިވާގައި ކުރިއަށްދާ 79 ވަނަ ވޯލްޑް ހެލްތު އެސެމްބްލީ ގައެވެ.

ހެލްތު މިނިސްޓްރީން ބުނީ މިކާމިޔާބީ ހާސިލްކުރެވުނީ ގައުމީ ސިއްހީ އިދާރާތަކާއި، ޑަބްލިޔުއެޗްއޯ، ޔުނިސެފް އަދި ރަށްރަށުގައި މަސައްކަތްކުރާ ސިއްހީ އެހީތެރިން ގުޅިގެން ކުރި މަސައްކަތުން ކަމަށެވެ.

ގުޅުންހުރި ލިޔުންތައް