- Advertisement -spot_img

ޗެލްސީގެ އާ ކޯޗަކަށް އޮލޮންސޯ ހަމަޖައްސައިފި

ޗެލްސީގެ އާ ކޯޗުކަމުގެ މަގާމަށް ޒަބީ އޮލޮންސޯ ގެނައުމަށް ނިންމައިފިއެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން ޗެލްސީގެ ކޯޗުކަމުގެ މަގާމާއި އޮލޮންސޯ ހަވާލުވާނީ ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެގޮތުން މިއަދުގެ ވަގުތެއްގައި ޗެލްސީން މިކަން ރަސްމީކޮށް އިއުލާންކުރާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ކުރިން ލިވަޕޫލްގެ އިތުރުން ބަޔާން މިއުނިކާއި ރެއާލް މެޑްރިޑަށް ކުޅުނު އޮލޯންސޯ ކޯޗިންގައި ވިދާލީ ޖަރުމަނު ލީގުގެ ބަޔާން ލެވަކޫސަންއާއެކުގަ އެވެ. އެގޮތުން 2023-24 ވަނަ އަހަރު ސީޒަނުގައި ޖަރުމަނު ލީގު، އެއްވެސް މެޗަކުން ބަލިނުވެ ނަގާފައިވާ އިރު، އެ ސީޒަނުގެ ޖަރުމަނު ކަޕް ވެސް ލެވަކޫސަންއިން ހޯދިއެވެ. އަދި ޔޫރޮޕާ ލީގުގެ ފައިނަލަށް ވެސް އެޓީމު ދަތުރުކުރިއެވެ.

އޭގެފަހުން އޮލޮންސޯ ދެން ހަވާލުވީ ރެއާލް މެޑްރިޑާއެވެ. އެހެން ނަމަވެސް މިދިޔަ ޖެނުއަރީގައި އޮލޮންސޯ ވަނީ އެ މަގާމުން ދުރަށް ގޮސްފައެވެ.

ޗެލްސީން މި ސީޒަން ފެށީ އެންޒޯ މަރެސްކާއާ އެކުގައެވެ. ސީޒަންގެ ވަކި ހިސާބަކުން މަރެސްކާ ދުރުކޮށް، ލިއަމް ރޮސެނިއާ ކޯޗަކަށް ގެންގޮސްފައިވާއިރު، ދާދިފަހުން އޭނާވެސް ވަނީ މަގާމުން ދުރުކޮށްފައެވެ. ޗެލްސީގައި މިހާރު ހުރީ ވަގުތީ ކޯޗެކެވެ.

ގުޅުންހުރި ލިޔުންތައް