- Advertisement -spot_img

އަޅުގަނޑަށް މުހިންމީ ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުކުރުން: ރައީސް

އެމަނިކުފާނަށް މުހިންމީ ރައްޔިތުންގެ އާންމު ދިރިއުޅުމުގެ ހާލަތު ރަނގަޅުކުރުންކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޕީއެންސީން މިރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ކޮންމެ ރައްޔިތަކަށް ލިބޭ އާމްދަނީ އިތުރުކުރުމާއި ކޮންމެ ރައްޔިތެއްގެ އަސާސީ ބޯހިޔާވަހިކަން ކަށަވަރުކުރުމަކީ ސަރުކާރުގެ އަމާޒުކަމަށެވެ.

އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ރައީސް ވިދާޅުވީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި މި ޤައުމުގެ އިޤްތިޞާދު އޮތީ ހީނަރުވެފައިކަމަށާއި، އެހެންވެ، ވޭތުވެދިޔަ މުއްދަތުގެ ތެރޭގައި ވަށާޖެހޭ އިޤްތިސާދީ ސިޔާސަތެއް ތަންފީޒުކޮށްފައިވާނެކަމަށެވެ.

އެ ސިޔާސަތުގެ ނަތީޖާއެއްގެ ގޮތުން މީގެކުރިން ނަގާފައިވާ ބޮޑެތި ދަރަނިތައް ދައްކާ ހަލާސްކުރަމުން އަންނަކަމަށްވެސް ވިދާޅުވިއެވެ.

”މިދިޔަ 40 އަކަށް ދުވަސް ތެރޭގައި 974 މިލިޔަން ދެއްކުމުގެ ބުރަ މަސައްކަތް ކުރީ ޤައުމުގެ މުސްތަޤްބަލަށްޓަކައި. މި ހަޤީގަތް ބަދަލެއް ނުވާނެ. އެކަން އެގޮތައް ކުރުމުގެ ނަތީޖާއެއްގެ ގޮތުން މިހާރު ކޮންމެ ރައްޔިތެއްގެ ބޮލަށް އޭގެ ކުރިން ޖައްސާފައި އޮތް ދަރަނި އެތައް ތަނެއް ވަނީ ލުއިވެގެން ގޮސްފައި. އަންނަން އޮތް ޖީލުތަކަށްޓަކައި ޤައުމު މިދަނީ ސަލާމަތުގެ އައްސޭރިއަކަށް ގެންދެވެމުން . އެއީ ދިވެހިންގެ ރާއްޖޭގެ ޤެނައުމަށްޓަކައި ވީ ވައުދުތެރޭގައި ހިމެނޭ އެންމެ މުހިންމު ކަންތައް. އިޤްތިސޯދު ނަގާއި ކޮޅައް ޖެހުން. އިޤްތިސޯދު ނަގާއި ކޮޅައް ޖެހުމަށް ކުރާ މަސައްކަތް ދަނީ ކާމިޔާބު ވަމުން“ ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ މި ސަރުކާރުން ކުރާ މަސައްކަތްތަކަކަށް އިދިކޮޅު ފަރާތްތަކުން ދޭނެ ޖަވާބެއް ނެތްކަމަށެވެ.

ގުޅުންހުރި ލިޔުންތައް