- Advertisement -spot_img

ގެއްލިގެން ހޯދީ ޑައިވިންއަށްދިޔަ އިޓަލީގެ ފަސް ފަތުރުވެރިން، ފެނުނީ އެކަކު، ޮތީ މަރުވެފައި

ރާއްޖޭގައި ޑައިވިންއަށް ދިޔަ އިޓަލީގެ ފަތުރުވެރިޔަކު މަރުވެފައި ވަނިކޮށް ފެނިއްޖެއެވެ.

ފުލުހުން ބުނީ ވ. އަތޮޅުގައި އޮތް ސަފާރީއަކުން ޑައިވިނަށް ދިޔަ ފަސް މީހަކު ގެއްލިފައިވާ ކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ މިއަދު މެންދުރުފަހު 13:45 އެހައިކަންހާއިރު ކަމަށެވެ.

އެ މައުލޫމާތު ލިބިގެން އެ މީހުން ހޯދަމުންދަނިކޮށް މަރުވެފައި ވަނިކޮށް އެކަކު ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެއީ ބޭރު ބަޔަކު އޮޕަރޭޓްކުރާ ”ޑިއުކް އޮފް ޔޯކް“ ސަފާރީން ޑައިވިނަށް ދިޔަ  ފަސް މީހެކެވެ. އެ މީހުން ގެއްލުނީ އަލިމަތާ ކައިރިއަށް ޑައިވިނަށް ގޮސް އުޅެނިކޮށެވެ. އެ މީހުން ގެއްލިގެން ރިޕޯޓްކުރީ މެންދުރު ކުރީގެ ވަގުތެއްގައި ފޭބި ގޮތަށް މެންދުރު 12 ޖެހި އިރު ވެސް ނޭރުމުންނެވެ.

ގުޅުންހުރި ލިޔުންތައް