ދުނިޔޭގެ ފުޓްސަލް ރޭންކިންގައި ޔޫރަޕުގެ ބައެއް ގައުމުތަކަށްވުރެ ކުރިއަށް ރާއްޖެ ޖެހިލައިފިއެވެ.
ޖުމްލަ 143 ގައުމެއް ރޭންކުކޮށް، އާންމުކޮށްފައިވާ ތަފްސީލުތަކަށް ބަލާއިރު، ރާއްޖެ ވަނީ ގަދަ 100 ގެ ތެރޭގައި ހިމެނިފައެވެ.
ތަފްސީލުތަކުން ދައްކާ ގޮތުގައި ރާއްޖެ އޮތީ 914.49 ޕޮއިންޓާއެކު ލިސްޓުގެ 99 ވަނައިގައެވެ.
ރާއްޖެއިން ދަށުގައިވާ ޔޫރަޕްގެ ގައުމުތައް:
ތުރުކިއޭ 109 ވަނަ
ގްރީސް 112 ވަނަ
އެސްޓޯނިއާ 113 ވަނަ
ނޮދަން އަޔަލޭންޑް 117 ވަނަ
ސްވިޒަލޭންޑް 120 ވަނަ
ޖިބްރޯލްޓާ 127 ވަނަ
ސަން މަރީނޯ 131 ވަނަ
ސަރަހައްދީ ގައުމުތަކުގެ ފުޓްސަލް ރޭންކިންގެ އެންމެ މަތީގައި އޮތީ ރާއްޖެއެވެ. އެ ގޮތުން ސަރަހައްދީ ފުޓްބޯޅައިގެ ގަދަބާރު އިންޑިއާއާއި ރާއްޖޭގެ ފުޓްސަލްގެ ފަރަގު ބޮޑެވެ. ފުޓްސަލްގައި ރާއްޖެ އޮތީ އިންޑިއާއަށްވުރެ 31 ދަރަޖަ ކުރީގައެވެ.
ފުޓްސަލް ރޭންކިންގައި ރާއްޖެ 99 ވަނައިގައި އޮތްއިރު، އިންގްލޭޑް އޮތީ 97 ވަނައިގައެވެ
ރާއްޖޭގެ ރޭންކިން އަށް މި ބޮޑު ބަދަލެއް އައީ، ދާދިފަހުން ނިމިގެންދިޔަ 2024 ވަނަ އަހަރުގެ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ތަށި ރާއްޖެއިން ކާމިޔާބު ކުރުމާ ގުޅިގެންނެވެ.



