ޖެޓް ފިއުލް ވިއްކައިގެން މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ލިބުނު އާމްދަނީ އިތުރުވެއްޖެއެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ޖެނުއަރީ އިން މާޗް މަހުގެ ނިޔަލަށް 105.5 މިލިއަން ޑޮލަރުގެ ޖެޓް ފިއުލް ރި-އެކްސްޕޯޓްކޮށްފައިވެއެވެ.
މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރި-އެކްސްޕޯޓްކުރި 82.3 މިލިއަން ޑޮލަރުގެ ޖެޓް-ފިއުލްއާ އަޅާބަލާއިރު 28 ޕަސެންޓް އިތުރުވުމެކެވެ.
ޖެޓް ފިއުލް އާމްދަނީ އިތުރުވި ނަމަވެސް ރާއްޖޭގައި ޖެޓް ފިއުލްގެ އަގު ބޮޑުވުމަކީ އެއާލައިންތަކުގެ ކަންބޮޑުވުމެކެވެ. އެހެންވެ މިދިޔަ އެޕްރީލް މަހުގެ ތެރޭގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވަނީ ޖެޓް ފިއުލްގެ އަގު ހެޔޮކޮށްފައެވެ.



