- Advertisement -spot_img

ރިޝްވަތުގެ ކުށް ސާބިތުވެ ޗައިނާގެ ދެ މިނިސްޓަރަކަށް މަރުގެ ހުކުމް އިއްވައިފި

ރިޝްވަތު ހިފުމުގެ ކުށް ސާބިތުވެ ޗައިނާގެ ދެ މިނިސްޓަރަކަށް މަރުގެ ހުކުމް އިއްވައިފިއެވެ.

މަގާމުގެ ދުވަސްވަރު ރިޝްވަތު ހިފުމުގެ ކުށް ސާބިތުވެ، އެ ގައުމުގެ މިލިޓަރީ ކޯޓުން ހުކުމްކުރީ ވެއި ފެންގީ، 72، އާއި ލީ ޝަންގްފޫ، 68، ގެ މައްޗަށެވެ.

ވެއި ޑިފެންސް މިނިސްޓަރުކަން ކުރެއްވީ މާޗް 19، 2018 އިން މާޗް 12، 2023 އަށެވެ.

ރިޝްވަތުގެ ތުހުމަތާ ގުޅިގެން އޭނަ މަގާމުން ވަކިކޮށް އެ އަހަރުގެ މާޗް މަހުގެ ތެރޭގައި ޑިފެންސް މިނިސްޓަރަކަށް އައްޔަންކުރީ ލީ އެވެ. ނަމަވެސް އޭނަގެ މައްޗަށް ވެސް ރިޝްވަތުގެ ތުހުމަތު ކުރެވި، މަގާމުން ވަކިކުރީ 2023 ގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ.

މި ދެ މީހުންގެ މައްޗަށް ކުށް ސާބިތުގެ މަރުގެ ހުކުމް އިއްވި ނަމަވެސް އެ މީހުންގެ މައްޗަށް ތަންފީޒު ކުރާނީ އުމުރު ދުވަހުގެ ޖަލު ހުކުމެވެ. އަދި އެ ހުކުމަށް ލުއެއް ވެސް ނުދޭނެއެވެ.

ރިޝްވަތުގެ ކުށް ސާބިތުގެ ކުރީގެ ދެ މިނިސްޓަރުންގެ މައްޗަށް ހުކުމް އިއްވި އިރު، އެ މީހުންގެ މުދާތައް ވެސް ވަނީ ދައުލަތަށް ވަނީ ނަގައިފައެވެ.

ގުޅުންހުރި ލިޔުންތައް