އެންސްޕާގެ ސީއީއޯއަކަށް އާމިނަތު ޝިރްނާ އައްޔަންކޮށްފިއެވެ.
ހެލްތު މިނިސްޓްރީގައި މަސައްކަތް ކުރައްވަމުން ގެންދެވި ޝިރްނާ އެންސްޕާގެ ސީއީއޯގެ މަގާމަށް ހަމަޖެއްސުމާ ގުޅިގެން މިނިސްޓްރީން އޭނަ އަށް މަރުހަބާ ކިޔައި ކާމިޔާބީ އަށް ވެސް އެދިފައިވެއެވެ.
އެންސްޕާގެ ސީއީއޯއަކަށް އެންމެ ފަހުން ހުންނެވި މިހާރު ހެރިޓޭޖް މިނިސްޓަރަކަށް ހުންނެވި ހީނާ ވަލީދެވެ. އޭނަ އެ މަގާމަށް އައްޔަންކުރީ ނޮވެމްބަރު 29، 2023 ގަ އެވެ. އަދި ހެރިޓޭޖް މިނިސްޓަރަކަށް ހީނާ ބަދަލުކުރީ މިދިޔަ މަހުގެ 14 ގައެވެ.



