- Advertisement -spot_img

އެމްއޭސީއެލް އިން ވިއްކާ ޖެޓް ފިއުލްގެ އަގު ހެޔޮކޮށްފި

ރާއްޖެ އަންނަ އެއާލައިންތަކަށް ލުއިކޮށް ދިނުމަށްޓަކައި ދޭން ޖެޓް ފިއުލްގެ އަގު ހެޔޮކޮށްފިއެވެ.

ކްރައިސިސް ކޮމެޓީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ ޖެޓް ފިއުލްގެ އަގު ބޮޑުވުމުގެ ޝަކުވާ ލިބެމުންދާތީ އެކަމުން ކުރިމަތިވެދާނެ ދަތިތަކުން އަރައިގަންނަން ސަރުކާރުން ވަނީ ފިޔަވަޅުތަކެއް އަޅާފައި ކަމަށެވެ.

އެގޮތުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އާ އެކު ސަރުކާރުން ކުރި މަސައްކަތުގެ ދަށުން ޖެޓް ފިއުލްގެ އަގު ލިޓަރަކުން 0.25 ސެންޓް ހެޔޮކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

ޖެޓް ފިއުލްގެ އަގު އެމްއޭސީއެލުން ބޮޑުކުރީ މިދިޔަ މަހުގެ ތެރޭގަ އެވެ. އޭރު 1.19 ޑޮލަަރަށް ވިއްކަމުން އައި ޖެޓް ފިއުލް ލީޓަރެއްގެ އަގު 1.69 ޑޮލަރަށް ބޮޑުކުރިއެވެ.

އެމްއޭސީއެލުން އޭރު ބުނެފައި ވަނީ ޝަރީފް ޖެޓް ފިއުލްގެ އަގުބޮޑު ކުރަން މަޖުބޫރުވީ މެދުއިރުމަތީގެ ހަނގުރާމައާ ހެދި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިފައިވާތީ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް