މި ސަރުކާރުގެ ”ބިންވެރިޔާ“ ހާއްސަ ސްކީމަށް އިތުރު ކެޓަގަރީއެއް އިތުރުކޮށްފިއެވެ.
ހައުސިން މިނިސްޓްރީން އިއްޔެ ވަނީ ”ބިންވެރިޔާ“ ހާއްސަ ސްކީމަށް ތިން ވަނަ ކެޓަގަރީއެއް އިތުރުކޮށްފައެވެ.
އެ ގޮތުން މި ފަހަރު އިތުރުކުރީ ކުރީގެ ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ދަށުން ސިންގަލް އެޕްލިކޭޝަނެއް ހުށަހަޅާފައިވާ މީހުން ގޯތި ދޫކޮށް ފުލެޓަށް ނުވަތަ ޖޮއިންޓް އެޕްލިކޭޝަނެއް ހުށަހަޅާފައިވާ ހުރިހާ މީހުން ގޯތި ދޫކޮށް ވަކިން ގޯއްޗާއި ފުލެޓަށް އެދި ހުށަހެޅުމަށެވެ.
ބިންވެރިޔާ ސްކީމްގެ ކެޓެގަރީތައް
ކެޓަގަރީ 1: ބިންވެރިޔާ ސްކީމުގެ ދަށުން ޖޮއިޓް އެޕްލިކޭޝަން ހުށަހަޅައި ގޯތި ލިބިފައިވާ މީހުން.
ކެޓަގަރީ 2: ސަރުކާރުން ހިންގާފައިވާ އަސާސީ ބޯހިޔާވަހިކަމުގެ ސްކީމަކުން ފުލެޓެއް ލިބިފައި އޮވެގެން ބިންވެރިޔާ ސްކީމަށް ކުރިމަތި ނުލެވުނު މީހުން.
ކެޓަގަރީ 3: ބިންވެރިޔާ ސްކީމްގެ ދަށުން ލިބުނު ގޯތި ދޫކޮށް ފުލެޓަށް އެދޭ ސިންގަލް އެޕްލިކޭޝަނެއް ހުށަހެޅި މީހުން ނުވަތަ ގޯތި ދޫކޮށް ވަކިން ގޯއްޗާއި ފްލެޓަށް އެދޭ ޖޮއިންޓް އެޕްލިކޭޝަން ހުށަހެޅި މީހުން.
ބިންވެރިޔާ ސްކީމަށް އަލަށް އިތުރުކުރި ކެޓަގަރީއަށް ފޯމު ހުށަހެޅުމުގެ ފުރުސަތު މޭ 10 ވަނަ ދުވަހުން ފެށިގެން މޭ މަހުގެ ނިޔަލަށް ހުޅުވާލުމަށް ހަމަޖެހިފައިވާ ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފައެވެ.



