- Advertisement -spot_img

މޯލްޑިވްސް ޑިޖިޓަލް ސަމިޓު ފަށައިފި

މޯލްޑިވްސް ޑިޖިޓަލް ސަމިޓުގެ ނަމުގައި ކުރިއަށްގެންދާ ޚާއްސަ ސަމިޓު ފަށައިފިއެވެ.

މިއީ މޯލްޑިވްސް ޑިޖިޓަލް ސަރވިސް (އެމް.ޑީ.އެސް) އާއި ވޯލްޑްބޭންކް ގުޅިގެން ބާއްވާ ސަމިޓެކެވެ.

ސަމިޓު ފައްޓަވައިދެއްވީ ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާންއެވެ. ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ސަމިޓަކީ ދިވެހިރާއްޖޭގެ ޑިޖިޓަލް ފަސްޓް ނޭޝަން ޓްރާންސްފޮމޭޝަން އެޖެންޑާ ކުރިއަށް ގެންދިއުމުގެ މަޤްޞަދުގައި ބާއްވާ ސަމިޓެކެވެ.

މި ސަމިޓަކީ މޯލްޑިވްސް 2.0ގެ ރޯޑުމެޕްގައި ހިމެނޭ ހަރަކާތްތަކާއި މޯލްޑިވްސް 2.0ގެ ވިޝަން ޙާސިލުކުރުމަށްޓަކައި މުޙިއްމު ދައުރެއް އަދާކުރާނެ ސަމިޓެކެވެ. މީގެ އިތުރުން މިސަމިޓަކީ ޑިޖިޓަލް ޕަބްލިކް އިންފްރާސްޓްރަކްޗަރ އިނީޝިއޭޓިވްތައް އިތުރަށް ހަރުދަނާ ކުރުމަށް ދުނިޔޭގެ ލީޑަރުންނާއި، ބައިނަލްއަޤްވާމީ ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި، ބައިނަލްއަޤްވާމީ ޑިޖިޓަލް ޓްރާންސްފޯމޭޝަން އެކްސްޕާޓުން އެއްތަނަކުން ފެނިގެންދާނެ ސަމިޓެކެވެ.

އަދި މި ސަމިޓުގެ މައިގަޑު މަގްސަދުގެ ތެރޭގައި އިންސްޓިޓިއުޝަނަލް ކޯޑިނޭޝަން ހަރުދަނާ ކުރުމާއި، ޕަބްލިކް ސަރވިސަސް ޒަމާނީ ކުރުމާއި، ޑޭޓާ ޑްރައިވިން ގަވަރނަންސް ޤާއިމުކުރުމާ ގުޅޭގޮތުން މަތީ ފަންތީގެ މަޝްވަރާތަކާއި ޢަމަލީ ގުޅުންތައް ބަދަހިކުރުން ހިމެނެއެވެ. މި ސަމިޓުގައި ބައިވެރިވާ ފަރާތްތަކުން ޑިޖިޓަލް ޕަބްލިކް އިންފްރާސްޓްރަކްޗަރ އާއި، ޑިޖިޓަލް ދައުލަތެއް ބިނާކުރުމާއި ގުޅޭގޮތުން އަލިއަޅުވާލުމާއި ދުނިޔޭގެ އެންމެ ރަނގަޅު ގޮތްތަކާއި، ޙަޤީޤީ ދުނިޔޭގެ ތަޖުރިބާތައް ޙިއްޞާކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ސަމިޓުގައި ބައިވެރިވަޑައިގަންނާވާ ބައިނަލްއަޤުވާމީ ފެންވަރުގައި ފާހަގަކޮށްލެވޭ ކީ ނޯޓު ސްޕީކާރސް ތެރެގައި ހިމެނެނީ މޮލްޑޯވަރގެ ޑިޖިޓަލައިޒޭޝަންގެ ފޯރމަރ ޕްރައިމް މިނިސްޓަރ މިސްޓަރ އިއުރީ ޓުރްކާނޯ،ސައުތު ކޮރެއާގެ ނޭޝަނަލް އިންފޮމޭޝަން ސޮސައިޓީ އޭޖެންސީގެވައިސް ޕްރެޒިޑެންޓް މިސްޓަރ ޔޫން ސިއޮކް ކޯ، ޔޫކޭގެ ގަވަރމެންޓް ޑިޖިޓަލް ސަރވިސްގެ ފޯރމަރ ޕްރޮގްރާމް ޑިރެކްޓަރ މިސް ޖެސިކާ މެކްއެވޮއީއެވެ.

ގުޅުންހުރި ލިޔުންތައް