- Advertisement -spot_img

ރަސްގެތީމު ގެއެއްގައި ނިޔާވެފައި އޮތް މީހަކު ފެނިއްޖެ

ރ. ރަސްގެތީމުގައި އެކަނި ދިރިއުޅެމުންދިޔަ މީހެއްގެ ޚަބަރެއް ނުވެ ދެ ދުވަސް ވެފައިވާކަމަށް ފުލުހުންނަށް ލިބުނު ރިޕޯޓަކާ ގުޅިގެން އެމީހާ ދިރިއުޅޭ ގެއަށް ގޮސް ބެލިއިރު ނިޔާވެފައި އޮއްވައި ފެނިއްޖެއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ ރ.ރަސްގެތީމު ސޯސަންގޭ އިބްރާޙީމް ޔޫސުފުފުޅު ޚަބަރެއް ނުވެގެން ފުލުހަށް ކުރި ރިޕޯޓާ ގުޅިގެން 2026 އޭޕްރީލް 26ވަނަ ދުވަހުގެ ރޭ 21:53 އެހައިކަންހާއިރު ވަދެ ބެލި އިރު އެމީހާ ނިޔާވެފައި އޮއްވާ ފެނިފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް ބެލިބެލުމުން، އެމީހާގެ ހަށިގަނޑުގެ ބޭރުފުށުން އެއްވެސް އަނިޔާއެއްގެ ނިޝާނެއް ފެނިފައެއް ނުވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ

ގުޅުންހުރި ލިޔުންތައް