- Advertisement -spot_img

އެމްބެސެޑާ އެޓް ލާޖްގެ މަގާމަށް ތިން ބޭފުޅަކު އައްޔަންކުރައްވައިފި

ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖްގެ މަގާމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ތިން ބޭފުޅަކު އައްޔަންކުރައްވައިފިއެވެ.

އެ މަގާމަށް އައްޔަންކުރެއްވީ ކުރީގެ ލޯކަލް މަވާމެންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރާއި ކުރީގެ ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހީމްގެ އިތުރުން ކުރީގެ ބަންޑާރަ ނައިބު ފާތިމަތު ދިޔާނާ ސައީދުއެވެ.

ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް ވަނީ އެކަން ކަށަވަރުކޮށްދެއްވާފައެވެ. އެ ބޭފުޅުން މަގާމްތަކަށް އައްޔަންކުރެއްވީ އެކި ދުވަސްމަތިންނެވެ.

އެ ތިން ބޭފުޅުންނަކީ ވެސް ގައުމަށް ޚިދުމަތްކުރެއްވުމުގައި ނަމޫނާ ދައްކަވާފައިވާ ގާބިލް ބޭފުޅުންނެވެ.

ގުޅުންހުރި ލިޔުންތައް