ވިޒިޓް މޯލްޑިވްސްގެ ބޯޑަށް ހަތަރު ބޭފުޅަކު އައްޔަނުކޮށްފިއެވެ.
ސަރުކާރުގެ ކުންފުނިތައް ބަލަހައްޓާ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އިން މިއަދު ބުނީ އެ ބޯޑަށް ހަތަރު ބޭފުޅަކު އައްޔަނުކޮށްފައިވާ ކަމަށެވެ.
އޭގެ ތެރޭގައި ހިމެނެނީ
ހުދާ ފަހީމް، ކ. ތުލުސްދޫ/ވިލަރެސް
އައިޝަތު މަލްހާ، ރ. ރަސްގެތީމު/ ރަސްވެލި
އަލީ ޝިނާން، މއ. ރިހިރާޅު
އައިޝަތު އަލީ/ މ. ވާރޭވިލާ
ވިޒިޓް މޯލްޑިވްސްގެ ޗެއާޕާސަންގެ މަގާމުގައި މިހާރު ހުންނެވީ އަބްދުﷲ ގިޔާސް ރިޔާޒްއެވެ. އަދި ސީއޯއީގެ މަގާމުގައި ހުންނެވީ އަބްދުﷲ ޝިއުރީއެވެ.
ރާއްޖޭފެ ފަތުރުވެރިކަން މާކެޓްކުރަން ވިޒިޓް މޯލްޑިވްސްއިން ދަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.



