- Advertisement -spot_img

ކާރިސާތަކުން ރައްކާތެރިވުމަށްޓަކައި ބޭނުން ކުރާ ސާމާނުތަކެއް ޖަޕާނުން ރާއްޖެ އަށް ހަދިޔާކޮށްފި

ކާރިސާތަކުން ރައްކާތެރިވުމަށްޓަކައި ބޭނުން ކުރާ ސާމާނުތަކެއް ޖަޕާނުން ރާއްޖެ އަށް ހަދިޔާކޮށްފިއެވެ.

”ޖަޕާން ގްރާންޓް އެއިޑް ފޯ ދަ އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް (އީއެސްޑީޕީ) ޕްރޮޖެކްޓްގެ ދަށުން ނެޝަނަލް ޑިޒާސްޓަރ މެނޭޖުމަންޓް އޮތޯރިޓީ(އެންޑީއެމްއޭ) އަށް ހަދިޔާކޮށްފައި ވަނީ 4.3 މިލިއަން އެމެރިކާ ޑޮލަރު (66 މިލިއަން ރުފިޔާ) ގެ ތަކެއްޗެވެ.

އެ ތަކެތި ހަވާލު ކުރަން މިއަދު ބޭއްވި ރަސްމިއްޔާތުގައި ޖަޕާން ސަރުކާރުގެ ފަރާތުން ތަކެތި ހަވާލުކޮށް ދެއްވީ އެ ގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޝިގާމީ ރޫމީކޯ އެވެ. އެންޑީއެމްއޭގެ ފަރާތުން މި ތަކެއްޗާ ހަވާލުވެވަޑައިގަތީ ގެ ޗީފް އެގްޒެކެޓިވް ޙިސާން ޙަސަނެވެ.

އެންޑީއެމްއޭ އިން ބުނީ މި ޕްރޮޖެކްޓްގެ ފުރަތަމަ ފިޔަވަހީގެ ދަށުން އަލިފާން ނިއްވާ 40 ޕަންޕާއި 40 ފެންހިންދާ ޕަންޕް އެއާ ގުޅޭ އާލާތްތައް ހަދިޔާކޮށްފައިވާ ކަމަށެވެ.

ޖަޕާނަކީ ކާރިސާތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމުގެ ދާއިރާއިން ރާއްޖެއާ އެކު ގާތް ގުޅުމެއް ބާއްވަމުން އަންނަ ގައުމެކެވެ. އެގޮތުން އެންޑީއެމްއޭ ބިނާކޮށް ތަރައްޤީކުރުމަށްޓަކައި 2015 އަދި 2017 ވަނަ އަހަރު ޖަޕާނުން ވަނީ ބޮޑެތި އެހީތަކެއް ފޯރުކޮށް ދީފައިވެ އެވެ. އަދި މިދިޔަ އަހަރު މާލޭގައި ބޭނުންކު ރުމަށް އިމަޖެންސީ ސަޕޯޓް ދެ ވެހިކަލް ވެސް ފޯރުކޮށް ދިނުމަށްޓަކައި، ޖަޕާނުގެ ”ގްރާންޓް އެސިސްޓަންސް ފޯ ގްރާސް ރޫޓްސް ހިއުމަން ސެކިއުރިޓީ ޕްރޮޖެކްޓްސް (ޖީޖީޕީ) ގެ ދަށުން 89,900 އެމެރިކާ ޑޮލަރުގެ އެހީއެއް ދިނުމަށް ނިންމާފައިވެ އެވެ.

ގުޅުންހުރި ލިޔުންތައް