އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބައިވެރިވި އިވެންޓެއްގެ ތެރެއިން ބަޑީގެ ހަމަލާއެއް ދީފިއެވެ.
ހޮނިހިރު ދުވަހުގެ ރޭ ޓްރަމްޕް އާއި އޭނާގެ އަންހެނުން މެލާނިއާ ޓްރަމްޕް ބައިވެރިވި އިވެންޓުގައި ބަޑީގެ ހަމަލާތަކެއް ދީފައިވާއިރު، ސަލާމަތީ ބާރު ތަކުން ވަނީ ވަގުތުން ޓްރަމްޕް ރައްކާތެރި ތަނަކަށް ގެންގޮސްފައެވެ.
އޭގެ އިރުކޮޅެއް ފަހުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ޓްރަމްޕް ވަނީ ސަލާމަތީ ބާރު ތަކުގެ އަވަސް އަދި ހަރުދަނާ ފިޔަވަޅަށް ތައުރީފު ކޮށްފައެވެ. މީގެ އިތުރުން ޓްރަމްޕް ބުނީ އޭނާ އާއި، އަންހެނުން މެލާނިއާ އަދި ކެބިނެޓުގެ އެންމެހާ މެމްބަރުން ވެސް ތިބީ ސަލާމަތުން ކަމަށެވެ.



