އެސްޓީއޯ ޖެނެރަލް ޓްރޭޑިންގ އިން “ވަން ޑޭ މޯ” ގެ ޕްރޮޑަކްޓް ރޭންޖް ބާޒާރަށް ނެރެ ވިއްކަން ފަށައިފިއެވެ.
ޔޫރަޕްގެ މަޝްހޫރު މި ޕްރޮޑަކްޓްތައް ތައާރަފްކޮށްފައި ވަނީ މިއަދު އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ބޭއްވި ހާއްސަ ހަފްލާއެއްގައެވެ. މި ހަފްލާ ޝަރަފްވެރި ކޮށްދެއްވީ ހީޓް ޖިމްގެ ސީއީއޯ އަދި ފިޓްނަސް އިންސްޓްރަކްޓަރ އައިޝަތު ޝިފާނާ ވަޖީހުއެވެ. ޝިފާނާ ވަނީ ޕްރޮޑަކްޓްތަކާ ގުޅޭ ސިއްހީ ފައިދާތަކުގެ މައުލޫމާތު ވެސް ދެއްވާފައެވެ.
‘ހެލްތީ، ނެޗުރަލް، ޕްރިމިއަމް ބްރޭކްފާސްޓް ބްރޭންޑް‘ އެއްގެ ގޮތުގައި މަޝްހޫރުވެފައިވާ “ވަން ޑޭ މޯ” ގެ ޕްރޮޑަކްޓްތަކުގެ ތެރޭގައި ގްރެނޯލާ، މޫސްލީ އަދި އޯޓްމީލް، ޕޮރިޖް އަދި ޕްރޮޓީން އެކުލެވޭ ސީރިއަލް ފަދަ ތަފާތު ބާވަތްތައް ހިމެނެއެވެ.
މި ޕްރޮޑަކްޓްތަކަކީ ހެނދުނުގެ ނާސްތާ ގަޑިއަށް ހާއްސަ އަދި ދުވަހުގެ އެހެން ގަޑިތަކުގައި ވެސް ކާލެވޭ، މީރު އުފެއްދުންތަކެކެވެ. މިއީ ސިއްހަތަށް ހާއްސަ ސަމާލުކަމެއް ދެއްވާ ފަރާތްތަކަށް، ކޮންމެ ދުވަހެއްގެ ކެއުންތަކަށް ވެސް އިތުރު ކޮށްލެވޭނެ، ހަށިގަނޑަށް ފައިދާ ހުރި އުފެއްދުމެކެވެ.



