- Advertisement -spot_img

25 އަހަރަށް ފަހު ލަމްޕާޑުގެ ކޮވެންޓްރީ ޕްރިމިއާ ލީގަށް ކޮލިފައިވެއްޖެ

ގިނަ އަހަރުތަކަކަށް ފަހު ކޮވެންޓްރީ ސިޓީ ފުޓްބޯލް ކްލަބް އިނގިރޭސި ޕްރިމިއާ ލީގަށް ކޮލިފައިވެއްޖެއެވެ.

ފްރޭންކް ލަމްޕާޑުގެ އިރުޝާދުގެ ދަށުން ކުޅުނު ކޮވެންޓްރީ ޕްރިމިއާ ލީގަށް ޕްރޮމޯޓްވީ ރޭ ބްލެކްބާން ރޯވާސްއާ ބައްދަލުކުރި މެޗު 1-1 އިން އެއްވަރުކޮށްގެންނެވެ.

ކޮވެންޓްރީ ޕްރިމިއާ ލީގަށް ކޮލިފައިވީ ލީގުގައި ބާކީ އަދި ތިން މެޗު އޮއްވަ އެވެ. އެޓީމަށް ވަނީ 43 މެޗުން ލިބުނު 86 ޕޮއިންޓު ލިބިފަ އެވެ. ނަމަވެސް ލީގު ޗެމްޕިއަންކަން ހޯދަން ކޮވެންޓްރީއަށް ވަނީ އަދި އިތުރު އިންތިޒާރެއް ކުރަން ޖެހިފަ އެވެ.

ކޮވެންޓްރީ އެންމެފަހުން ޕްރިމިއާ ލީގުގައި ކުޅެފައިވަނީ 2001 ވަނަ އަހަރުއެވެ.

އިނގިރޭސި ދެވަނަ ޑިވިޝަނުން އިތުރު ދެ ޓީމެއް އަދި ޕްރިމިއާ ލީގަށް ޕްރޮމޯޓް ވާނެ އެވެ. އެގޮތުން ޕްރިމިއާ ލީގަށް ދެން އޮޓެމެޓިކުން ޕްރޮމޯޓް ވާނީ ލީގުގެ ދެވަނަ ހޯދާ ޓީމެވެ. އަނެއް ޓީމު ޕްރޮމޯޓް ވާނީ ޕްލޭއޮފް ކުޅެގެންނެވެ.

ގުޅުންހުރި ލިޔުންތައް