ހޮނިހިރު, މާރޗް 15, 2025
spot_img
- Advertisement -spot_img

ދިވެހިރާއްޖޭގައި ފަނޑިޔާރުންނަށް އެންމެ ބޮޑަށް ނުފޫޒު ފޯރުވީ އެމްޑީޕީގެ ސަރުކާރުން: އެޓާނީ ޖެނެރަލް

ފަނޑިޔާރުގެއަށް އެންމެ ބޮޑަށް ނުފޫޒު ފޯރުވާފައިވަނީ ކުރީ ސަރުކާރުން ކަމަށް އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

އުޝާމް މިހެން ވިދާޅުވެފައިމިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިންތިޚާބުވީ ޕާޓީން ވަކިވުމުންނާއި ވަކިކުރުމުން ވެސް ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލުކުރަން ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅާފައިވަނިކޮށް އެ ކޯޓުގެ ތިން ފަނޑިޔާރަކު ކުއްލިގޮތަކަށް ސަސްޕެންޑް ކުރުމާ ގުޅިގެން ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އުޝާމް ވިދާޅުވީ މިހާތަނަށް ފަނޑިޔާރުންނާއި މެދު އަޅާފައިވާ ފިޔަވަޅުތަކާއި ގުޅޭ ތަފްސީލުތައް ހާމަކުރައްވާފައެވެ. އެގޮތުން ޖޭއެސްސީން 2019 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް ފަނޑިޔާރުންނާމެދު އަޅާފައިވާ ފިޔަވަޅުތަކަށް ބަލާއިރު ފަނޑިޔާރުގެއަށް އެންމެ ބޮޑަށް ނުފޫޒު ފޯރުވާފައިވަނީ ކޮން ދުވަސްވަރެއްގައިކަން ވަރަށް ސާފުކޮށް އެގޭ ކަމަށް އުޝާމް ވިދާޅުވިއެވެ.

އުޝާމް ވިދާޅުވީ ޝަރީއަތުގެ މަޖިލީހުގައި ފަނޑިޔާރުން ދައްކާ ވާހަކައަކާ ގުޅިގެން ނުވަތަ ނިންމާ ނިންމުމަކާ ގުޅިގެން ”ސްލޫކީވުން“ ނިމުމަކަށް ގެނައީ ނޮވެމްބަރ 2023 އިން ފެށިގެން ކަމަށެވެ.

ޖޭއެސްސީން ފަނޑިޔާރުންނާ ދެކޮޅަށް 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން އަޅާފައިވާ ފިޔަވަޅުތަކުގެ ތަފްސީލް ދައުލަތުގެ ބަންޑާރަ ނައިބު ވަނީ ޢާންމުކުރައްވާފައެވެ. އެ ތަފާސް ހިސާބުތައް ދައްކާގޮތުގައި 2018 ނޮވެމްބަރު މަހުން ފެށިގެން 2023 ވަނަ އަހަރާ ހަމައަށް 56 ފިޔަވަޅެއް ފަނޑިޔާރުންނާ ދެކޮޅަށް އަޅާފައިވެއެވެ. އޭގެތެރޭގައި 8 ފަނޑިޔާރުން މަޤާމުން ވަކިކޮށް 3 ފަނޑިޔާރެއްގެ މަޤާމު ދަށްކޮށް، 12 ފަނޑިޔާރަކު ސަސްޕެންޑުކޮށްފައިވެއެވެ.

ނަމަވެސް ނޮވެމްބަރު 2023 އިން ފެށިގެން މިއަހަރުގެ ފެބުރުއަރީ މަހާ ހަމައަށް ފަނޑިޔާރުންނަށް އަޅާފައވަނީ 5 ފިޔަވަޅެކެވެ. އެއީ 3 ފަނޑިޔާރަކު ސަސްޕެންޑުކޮށް ފަނޑިޔާރުންނާ ގުޅޭ ސްލޫކީ މައްސަލަބަލައި ނެސޭހަތްދިނުމުގެ 2 މައްސަލައެވެ.

ގުޅުންހުރި ލިޔުންތައް