- Advertisement -spot_img

ޔުއެފާ ޗެމްޕިއަންސް ލީގު: އަނެއްކާވެސް ލިވަޕޫލް ބަލިކޮށް ފީއެސްޖީ ސެމީއަށް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ލިވަޕޫލް ބަލިކޮށް ޕީއެސްޖީ ސެމީފައިނަލަށް ދަތުރުކޮށްފިއެވެ.

މުބާރާތުގެ އެންމެފަހުގެ ޗެމްޕިއަނުން ކަމަށްވާ ޕީއެސްޖީ ސެމީއަށް ދަތުރުކުރީ ލިވަޕޫލްއާ ބައްދަލުކުރި ކުއާޓާފައިނަލްގެ ދެވަނަ ލެގުގެ މެޗު 2-0 އިން ކާމިޔާބުކޮށްގެންނެވެ.

މި ދެ ޓީމު ޕީއެސްޖީގެ ދަނޑުގައި ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗުވެސް 2-0 އިން ކާމިޔާބުކުރީ ޕީއެސްޖީންނެވެ.

ލިވަޕޫލްގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ގޯލެއް ފެނިގެން ގޮސްފައި ނުވާއިރު، މި ހާފުގައި ގޯލެއް ކާމިޔާބުކުރަން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ލިވަޕޫލްގެ ޑިފެންޑަރު ވާޖިލް ވެންޑައިކަށެވެ. ނަމަވެސް ލިވަޕޫލްގެ އޭރިއާ ތެރޭ ހުރެ އޭނާ ފޮނުވާލި ހަމަލާ ގޯލަށް ވަނުމުގެ ކުރިން ބްލޮކްކުރީ ޕީއެސްޖީގެ ޑިފެންޑަރު މާކީނިއޯސް އެވެ.

ޕީއެސްޖީގެ ފުރަތަމަ ގޯލު މެޗުގެ 72 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އޮސްމާނޭ ޑެމްބެލޭ އެވެ. މިއީ ލިވަޕޫލްގެ އޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ހަމަލާއަކުން ކާމިޔާބުކުރި ގޯލެކެވެ. އަދި މެޗުގެ ފަހު ވަގުތުކޮޅުތެރޭ ބްރޭޑްލީ ބާކޯލާ ތަނަވަސްކޮށްދިން ފުރުސަތަކުން އެޓީމުގެ ދެވަނަ ގޯލުވެސް ކާމިޔާބުކޮށްދިނީ ޑެމްބެލޭ އެވެ.

ގުޅުންހުރި ލިޔުންތައް