ހޮނިހިރު, މާރޗް 15, 2025
spot_img
- Advertisement -spot_img

މާކަނާ ޝޯވގެ އާ ސީރީޒް އެއް މިރޭ އެމްއެމްޓީވީން

ވޭތުވެ ދިޔަ 15 އަހަރުގައި ދިވެހިންގެ މަޤުބޫލުކަން ހޯދާފައިވާ މާކަނާ ސޯވ ރީބްރޭންޑްކޮށް އެމްއެމްޓީވީން މިރޭ ދައްކަންފަށާގޮތަށް ހަމަޖެހިއްޖެއެވެ.

ދިވެހިރާއްޖޭގެ ފުރަތަމަ އެނިމޭޓެޑް ޝޯވ ރީބްރޭންޑްކޮށްފައިވަނީ ”މިސްޓަރ މާކަނާ“ ގެ ނަމުގައެވެ. އަދި މި ސީރީޒުގެ ކެރެކްޓާ ތަކަކީ ވެސް މާކަނާ ޝޯވގެ ކެރެކްޓާތަކެވެ. ރޯދަ މަހު އެމްއެމްޓީވީން މި ސީރީޒް ގެނެސްދިނުމަށް ހަމަޖެހިފައިވަނީ ކޮންމެ ބުރާސްފަތި ދުވަހެއްގެ ރޭ 12:30 ގައެވެ.

އެނިމޭޓެޑް ދިވެހި އުފެއްދުންތައް ވައިގައި ހިއްޕާލި ހުނަރުވެރިޔާ ޔާމީން ރަޝީދުގެ މާކަނާ ޝޯވގެ ޓީމުން އުފައްދާ އަދި ހުށަހަޅާއިދޭ ”މިސްޓަރ މާކަނާ“ ވެގެންދާނީ ސިޔާސީ މާހައުލު ތަމްސީލުވާ، އެމްއެމްޓީވީގެ ބެލުންތެރިން އުއްމީދުކުރާ ފަދަ މުނިފޫހި ފިލުވުމުގެ ޕްރޮގްރާމަކަށެވެ.

ބެލުންތެރިންގެ މެދުގައި މަޝްހޫރުކަމެއް ހޯދާފައިވާ އެމްއެމްޓީވީ އަކީ މިފަހުން ރާއްޖޭގައި ހިންގަންފެށި ޓީވީ ޗެނަލްތަކުގެ ތެރެއިން ފާހަގަކޮށްލެވޭފަދަ ޚަބަރުތަކާއި ޕްރޮގްރާމްތައް ގެނެސްދޭ ޓީވީ ޗެނަލްއެކެވެ.

ގުޅުންހުރި ލިޔުންތައް