ބުރާސްފަތި, މާރޗް 13, 2025
spot_img
- Advertisement -spot_img

ރާއްޖެއާއި ޖަރުމަނުވިލާތާ ދެމެދު އިތުރު ސީދާ ދަތުރުތަކެއް ތަޢާރަފުކުރުމާއި، ދެ ޤައުމުގެ ވައިގެ ދަތުރުފަތުރުގެ ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފި

ކޮންޑޯ އެއަރލައިނުން ރާއްޖެއާއި ޖަރުމަނުވިލާތާ ދެމެދު އިތުރު ސީދާ ދަތުރުތަކެއް ތަޢާރަފުކުރުމާއި، ދެ ޤައުމުގެ ވައިގެ ދަތުރުފަތުރުގެ ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާ ބައްދަލުވުން ކުރިޔަށް ގޮސްފައިވަނީ ފަތުރުވެރިކަމާއި އަދި ތިމާވެއްޓާއިބެހޭ ވަޒީރު މިހާރު އައިޓީބީ ފެއާގައި ބައިވެރިވުމަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިންނެވެ. ވަޒީރު ޠާރިޤް އިބްރާހީމް ވަނީ ބަރުލިންގައި ކުރިއަށްދާ އައިޓީބީ 2025 ގައި ކޮންޑޯ އެއަރލައިންގެ އިސްވެރިންނާ ބައްދަލުކުރައްވައި، ރާއްޖެއަށް އެ އެއަރލައިންގެ ސީދާ ދަތުރުތައް އިތުރުކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުވުމުގައި ރާއްޖެއާއި ޖަރުމަނުވިލާތާ ދެމެދު އިތުރު ސީދާ ދަތުރުތަކެއް ތަޢާރަފުކުރުމާއި، ދެ ޤައުމުގެ ވައިގެ ދަތުރުފަތުރުގެ ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރެވިފައިކަމަށް އެވުޒާރާއިން މައުލޫމާތު ދެއްވައެވެ. މި ބައްދަލުވުމުގައި ވާހަކަ ދައްކަމަވުން ވަޒީރު ވިދާޅުވީ ޖަރުމަނުވިލާތަކީ ރާއްޖޭގެ ފަތުރުވެރިކަމަށް ވަރަށް މުހިންމު މާކެޓެއް ކަމަށާއި، އިތުރު ސީދާ ދަތުރުތަކެއް ތަޢާރަފުކުރެވިއްޖެނަމަ އެއީ ދެ ޤައުމުގެ ފަތުރުވެރިކަމުގެ ދާއިރާއަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެއް ކަމުގައެވެ.

ކޮންޑޯ އެއަރލައިންއިން މިހާރުވެސް ރާއްޖެއަށް ގަވާއިދުން ދަތުރުތައް ކުރަމުންދާއިރު، އިތުރު ދަތުރުތަކެއް ތަޢާރަފުކުރުމުގެ މަޝްވަރާތައް ކުރިއަށްގެންދިއުމަށް ދެފަރާތުން އެއްބަސްވެފައިވާ ކަމަށް މިނިސްޓްރީން ވަނީ މައުލޫމާތު ދެއްވާފައެވެ.

ގުޅުންހުރި ލިޔުންތައް