- Advertisement -spot_img

މާލޭގައި ގެއެއްގެ މަތިން މީހަކު ވެއްޓި ފަރުވާދޭން ފަށައިފި

މާފަންނުގައި ހުންނަ ގެއަކުން މީހަކު ވެއްޓި ފަރުވާދޭން ފަށާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

އެމީހާ ވެއްޓިފައި ވަނީ މާފަންނު ސަބުދެލި މަގުގައި ހުރި ގެއަކުން ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މި ހާދިސާ ހިނގާފައި ވަނީ މިއަދު އިރުއޮއްސި 18:20 ހާއިރު ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.

މި މީހާ އަށް މިވަގުތު އައިޖީއެމްއެޗް ގައި ދަނީ ފަރުވާ ދެމުންނެވެ. އަދި މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް