ބުރާސްފަތި, މާރޗް 13, 2025
spot_img
- Advertisement -spot_img

ޔޫއެން ޓޫރިޒަމް މިނިސްޓަރުންގެ ސަމިޓުގައި ވަޒީރު ޠާރިޤް ބައިވެރިވެވަޑައިގެންނަވައިފި

ޔޫއެން ޓޫރިޒަމް މިނިސްޓަރުންގެ ސަމިޓުގައި ދިވެހިރާއްޖޭގެ ފަރާތުން ފަތުރުވެރިކަމާއި އަދި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ބައިވެރިވެވަޑައިގެންނަވައިފިއެވެ.

މި ސަމިޓުގައި ދުނިޔޭގެ ފަތުރުވެރިކަމުގެ ސިނާއަތު ވަރުގަދަކުރުމާއި އިންވެސްޓްމަންޓް އިތުރުކުރުމާ ގުޅޭ މުހިންމު މަޝްވަރާތަކެއް ވަނީ ކުރެވިފައެވެ. އެގޮތުން ފަތުރުވެރިކަމުގެ ދާއިރާގައި އިންވެސްޓްމަންޓް އިތުރުކުރުމާއި، އަމާންކަން ޤާއިމުކުރުމާއި، އަދި ގްލޯބަލް ޓޫރިޒަމް ރެސިލިއަންސް ވަރުގަދަކުރުމާ ގުޅޭ ގޮތުން މި ސަމިޓްގައި ރާއްޖޭގެ ފަރާތުން ވަނީ މަޝްވަރާކޮށްފައެވެ.

ބައިނަލްއަޤްވާމީ ފެންވަރުގައި ބޭއްވުނު މި މުހިންމު ބައްދަލުވުމުގައި ދުނިޔޭގެ އެކި ޤައުމުތަކުގެ ޓޫރިޒަމް މިނިސްޓަރުންނާއި އިސް ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި މިބައްދަލުވުމަކީ ފަތުރުވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް ބޭއްވުނު މުހިންމު ބައްދަލުވުމެއް ކަމުގައި ފާހަގަކުރެވެއެވެ.

ގުޅުންހުރި ލިޔުންތައް