- Advertisement -spot_img

ރާއްޖެއަށް އަންނަ ޕްރައިވެޓް ޖެޓްތަކުގެ އަދަދު ވަރަށް ބޮޑަށް އިތުރުވެއްޖެ

ރާއްޖެއަށް އަންނަ ޕްރައިވެޓް ޖެޓްތަކުގެ އަދަދު ވަރަށް ބޮޑަށް އިތުރުވެއްޖެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ މާރިޗް މަހުގެ ތެރޭގައި ރާއްޖެ އައި ޕްރައިވެޓް ޖެޓްތަކުގެ އަދަދު އޭގެ ކުރީ އަހަރާއި އާޅަބަލާއިރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

އެގޮތުން، އެމްއޭސީއެލްއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މާރިޗު މަހުގެ 15 އިން 31ގެ ނިޔަލަށް ރާއްޖެއަށް 178 ޕްރައިވެޓް ޖެޓް ވަނީ އައިސްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައިސްފައިވަނީ 134 ޕްރައިވެޓް ޖެޓެވެ. އެހެންކަމުން މިއީ  32.8 އިންސައްތައިގެ އިތުރު އަދަދެކެވެ.

މާރިޗު މަހުގެ ފަހު 16 ވަނަ ދުވަހު އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 10އަކަށްވުރެ ގިނަ ޖެޓު އާދެއެވެ. އެންމެ ގިނައިން ޖެޓު އައިސްފައިވަނީ މާރިޗު 21 ވަނަ ދުވަހުއެވެ. އެ ދުވަހު ރާއްޖެއަށް 17 ޖެޓު ވަނީ އައިސްފައެވެ. އެންމެ މަދުން ޖެޓު އައި ދުވަހުވެސް ރާއްޖެއަށް 5 ޖެޓު ވަނީ އައިސްފައެވެ. އެއީ މާރިޗު މަހުގެ 26ވަނަ ދުވަހުއެވެ.

ގުޅުންހުރި ލިޔުންތައް