- Advertisement -spot_img

ވީހާވެސް ގިނަ މީހުން ވޯޓުލުމަށް އީސީން އިލްތިމާސްކުރައްވައިފި

މާދަމާ އޮންނަ 3 އިންތިޚާބުގައިވެސް ރައްޔިތުންނަށް ފެންނަގޮތް ހާމަކުރުމަށް، ވޯޓުލުމުގެ ޙައްގު ލިބިފައިވާ ގިނަ ޢަދަދެއްގެ ބަޔަކު ނުކުންނާނެކަމަށް އުއްމީދުކުރައްވާކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް މުޙައްމަދު ޒާހިދު ވިދާޅުވެއްޖެވެ.

މި އިންތިޚާބުގައި ވޯތުލުމުގެ ޙައްގު ލިބިފައިވާ ދެލައްކަ ދުވަދިހާ ހާހަށްވުރެ ގިނަ މީހުން ތިބޭނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.

އިންތިޚާބުތަކާއި ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ވާހަކަދައްކަވަމުން، އިލެކްޝަންސް ކޮމިޝަންގެ ރައީސް މުޙައްމަދު ޒާހިދު ވިދާޅުވީ، ޤައުމުގެ މުހިއްމު 3 ނިންމުމެއް ނިންމުމަށް ހޮނިހިރު ދުވަހު ނަގާ ވޯޓުތަކަކީ މުހިއްމު ވޯޓުތަކެއްކަމަށެވެ.

އެގޮތުން ދައުލަތުގެ ހިންގުމުގެ ނިޒާމުތަކަށާއި އިންތިޒާމުތަކަށް ގެނެވޭ ބަދަލުތަކަކާއި، ރައްޔިތުންނާ ގުޅުންހުރި މުހިއްމު މަޤާމުތަކަށް މީހުން ޚިޔާރުކުރުމަށް ނަގާ ވޯޓުތަކެއްކަމުން އެއީ ރައްޔިތުންގެ ބަސް ކޮންމެހެން އިއްވަންޖެހޭ ނިންމުންތަކެއްކަމަށެވެ. އެހެންކަމުން ހޮނިހިރު ދުވަހު ނަގާ ވޯޓަކީ ވޯޓުލުމުގެ ޙައްގު ލިބިފައިވާ ގިނަ ޢަދަދެއްގެ ބަޔަކު ނިކުމެ ރައްޔިތުންގެ ގޮތް ނިންމާނެކަމަށް އުއްމީދުކުރައްވާކަމަށް ވިދާޅުވިއެވެ.

”އަޅުގަނޑުމެން އުއްމީދު މިކުރަނީ މީގެތެރެއިން ބޮޑު ޕަސެންޓެއް ނިކުމެ ރައްޔިތުން ނިންމުމަށް، ގޮތް ނިންމުމުގައި، ދައުލަތް ހިނގުމުގައި، އެންމެ އިސްކޮށް ތިބޭ ފަރާތްތަކާއި ދައުލަތުގެ އެކިއެކި ނިޒާމުތަކާއި އިންތިޒާމުތަކަށް ގެނެވޭ ބަދަލުތަކަށް، ރައްޔިތުން ރުހޭގޮތް، ރައްޔިތުންނަށް ފެންނަ ގޮތް ބުނެދިނުމަށް ވީހާވެސް ގިނަ ބަޔަކު ނުކުމެ ވޯޓު ލައްވާނެކަމަށް.“ ޒާހިދު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް