- Advertisement -spot_img

އެތައް ހާސް ރައްޔިޔުންނާއިއެކު ޕީއެންސީގެ ”ރައްޔިތުންގެ ބޮޑު ހިނގާލުން“ ކުރިއަށް ގެންގޮސްފި

މާދަމާ ބާއްވާ އިންތިޚާބުގެ ކުރިން ކެމްޕެއިން ނިންމުމަށް ކޮންގްރެސް ޕާޓިން ބާއްވާ ބޮޑު ހިނގާލުން އެތައް ހާސް ބަޔަކާއެކު ކުރިޔަށް ގެންގޮސްފިއެވެ.

”ރައްޔިތުންގެ ބޮޑު ހިނގާލުން“ ނަމުގައި ކުރިއަށްގެންދާ މި ހިނގާލުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި، އެމަނިކުފާނުގެ އަނބިކަނބަލުން ވަނީ ބައިވެރިވެވަޑައިގަންފައެވެ. އަދި ދައުލަތުގެ ވަޒީރުންނާއި، އިސް ބޭފުޅުންގެ އިތުރުން އެތައް ހާސް ޢާންމުންނެއްވެސް ވަނީ ބައިވެރިވެފައެވެ.

މާދަމާ އޮންނަ އިންތިޚާބުގައި ތިން ކަމަކަށް ވޯޓު ނަގާނެއެވެ. އެއީ ލޯކަލް ކައުންސިލްތަކަށް މެންބަރުން އިންތިޚާބު ކުރުމަށާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް މެންބަރުން އިންތިޚާބުކުރުމުގެ އިތުރުން ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށް ފެންނަ ނުފެންނަ ވޯޓެވެ.

ގުޅުންހުރި ލިޔުންތައް