- Advertisement -spot_img

ޓެކްސީ ލައިންގެ ޚިދުމަތް ފުރަތަމަ ހަފްތާގައި މުޅިން ހިލޭ

މާލެ ސަރަހައްދަށް ސަރުކާރުން ތައާރަފުކުރި ސަރުކާރުގެ ޓެކްސީ ލައިންގެ ހިދުމަތް ފުރަތަމަ ހަފުތާގައި ހިލޭ ދޭން ނިންމައިފިއެވެ.

މި ޚިދުމަތް ފޯރުކޮށްދޭ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން މިއަދު ބުނީ، ”މާލެ ޓެކްސީ ލައިން”ގެ ޚިދުމަތް އޭޕްރިލް 3 އިން 9 އަށް މުޅިން ހިލޭ ފޯރުކޮށްދިނުމަށް ނިންމާފައިވާ ކަމަށެވެ.

”މި ޚިދުމަތުން އަގު ނެގުމުގެ ކުރިން ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުން ހިލޭ ދަތުރުކުރެވޭ މުއްދަތުގައި ރައްޔިތުންގެ ޚިޔާލު ހޯދުމަކީ މިކުންފުނީގެ މައިގަނޑު އަމާޒު“ އެމްޓީސީސީން ބުނެފަވެއެވެ.

އެހެންވެ އެ ކުންފުނީގެ ހޮޓްލައިން 1655 މެދުވެރިކޮށް ދަތުރު ބުކްކޮށް، ޚިދުމަތް ހޯދުމަށް ކަސްޓަމަރުންނަށް ހުޅުވާލާފައިވާކަމަށް އެމްޓީސީސީން ބުންޏެވެ. އެމްޓީސީސީން ވަނީ ޚިޔާލު ހޯދުމުގެ މުއްދަތުގައި ރައްޔިތުންދޭ ޚިޔާލާއެކު ޓެކްސީ ލައިންގެ ޚިދުމަތް ފުރިހަމަކުރުމަށް މަސައްކަތް ކުރާނެކަމުގެ ޔަގީންކަން ދީފައެވެ.

ރެއިން ފެށިގެން 24 ގަޑިއިރު ޚިދުމަތް ލިބޭގޮތަށް ފެށި މި މަޝްރޫޢުގައި ތިމާވެއްޓާ ރަޙުމަތްތެރި 150 އިލެކްޓްރޯނިކް ވެހިކަލް (އީ.ވީ) ބޭނުންކުރާނެއެވެ. މީގެ ތެރޭގައި މާލޭގެ ހަނި މަގުތަކަށް ޚާއްޞަ ކުދި ކާރާއި، ދާގީނާ އުފުލޭ ފަދަ ބޮޑެތި ކާރު ހިމެނޭހެން ތިން ސައިޒެއްގެ ކާރު ހިމެނެއެވެ.

މި ޚިދުމަތް ހޯދުމަށް ބޭނުންވާ ފަރާތްތަކަށް ޚާއްޞަ ހޮޓްލައިން ނަންބަރަކީ 1655 އެވެ.

ގުޅުންހުރި ލިޔުންތައް